އިސްލާމީ ޓީވީ ޗެނަލަކަށް ކިޔަން ރީތި ނަމެއް ހުށައަޅައި ދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ. މިކަމާ ގުޅޭގޮތުން ޝަހީމް ވަނީ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައެވެ.
ވަޒީރު ޑރ. ޝަހީމް ވަނީ ބައެއް ނަންތައް ވެސް ހިއްސާ ކުރައްވާފައެވެ. ފުރަތަމަ ޕޯސްޓް ގައި ހިމަނާފައި ވަނީ ތިން ނަމެކެވެ. އެއީ ހުދާ، ނޫރު އަދި މުދައްރިސް މި ނަންތަކެވެ.
ގިނަ ބަޔަކު ބަޔަކު ވަނީ އިސްލާމީ ޓީވީ ޗެނަލަކަށް ކިޔަން އެ މީހުންނަށް ފެންނަ ރީތި ނަންތަކެއް ހުށައަޅާފައެވެ.
އޭގެ ފަހުން ޝަހީމް ވަނީ އިތުރު ނަންތަކެއް ލިޔުއްވާ އެ ނަންތަކާމެދު ހިޔާލު ދެއްވުމަށް އެދިވަޑަައިގެންފައެވެ. އެއީ؛
- ނޫރު ޓީވީ
- ރައްޔާން
- ބަޔާން
- މުދައްރިސް
- ހިދާޔަތު
- ޑިސްކަވާ އިސްލާމް
- ދަ މެސެޖް
އިސްލާމީ ޓީވީ ޗެނަލެއް ހެދުމަކީ މި ސަރުކާރުގެ ސިޔާސތުގައި ހިމެނޭ ކަމެކެވެ. އަދި އިސްލާމިކް މިނިސްޓްރީ ގައި ސްޓޫޑިއޯ އެއް ޤާއިމުކޮށް ދީނީ ޕްރަގްރާމްތައް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާ ކަން ފާހަގަކުރެވެއެވެ. ވަޒީރު ވަނީ ޓީވީ ޗެނަލް ހެދުމުގެ މަސައްކަތް ފައްޓަވާ ކަމާގުޅޭ ބައެއް ބޭފުޅުންނާއި މަޝްވަރާ ކުރައްވައި ޚިޔާލު ހޯއްދަވާފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
މުސްލިމުންގެމަޢުލޫމާތު.މަޙަލްދީބުޚަބަރު.މަހަލްދީބުތެދުޚަބަރު
Dhuroosul Akhulaaq