"ލައްޒަތުގެ ކޯރުން ފެންބުއި ޒަމާން މާޒީވެ ހިނގައްޖެ، ވަޒީރުންގެ ރުހުމަކީ އިދިކޮޅުން ދައުރު ދިގުދަންމާ ވަސީލަތަކަށްވުމީ ލަދުވެތި އަމަލެއް"

ވަޒީރުންގެ ރުހުމަކީ އިދިކޮޅުން މަޖިލީހުގެ ދައުރު ދިގުދަންމަން ބޭނުންކުރާ ވަސީލަތަކަށް ހެދުމަކީ ލަދުވެތި އަދި އެހާމެ ފިނޑި އަމަލެއް ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން ވިދާޅުވެއްޖެއެވެ.

މުހްތާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލައްޒަތުގެ ކޯރުން ފެން ބުއި ޒަމާން މާޒީވެ ހިނގައްޖެ ކަމަށާއި، ދަރުބޮނޑި އައްސާފައި އޮތް ވަކަގަނޑު މިހާރު އެއޮތީ ފީވެފައި ކަމަށެވެ. އަދި  ބައިކޮށްލަން އެހާމެ ފަސޭހަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ވަޒީރުންގެ ރުހުމަކީ އިދިކޮޅުން މަޖިލީހުގެ ދައުރު ދިގުދަންމަން ބޭނުންކުރާ ވަސީލަތަކަށް ހެދުމަކީ ލަދުވެތި އަދި އެހާމެ ފިނޑި އަމަލެއް. ލައްޒަތުގެ ކޯރުން ފެން ބުއި ޒަމާން މާޒީވެ ހިނގައްޖެ. ދަރުބޮނޑި އައްސާފައި އޮތް ވަކަގަނޑު މިހާރު އެއޮތީ ފީވެފަ. ބައިކޮށްލަން އެހާމެ ފަސޭހަވާނެ." މުހުތާޒް ވިދާޅުވިއެވެ.

މުހްތާޒް މިހެން ވިދާޅުވިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވުމަށް ތާވަލުކުރި ކޮމެޓީ ބައްދަލުވުން ކޯރަމް ހަމަނުވެގެން ވަނީ ކެންސަލްކޮށްފައެވެ. މި ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވިނަމަވެސް، ވުޒާރާތަކުގެ މެންޑޭޓު ފާސްނުކުރާތީ ކަމަށްބުނެ، މަޖިލީހުން ނިންމީ އެ މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާލީ މިމަހުގެ 18 ގައެވެ. އަދި މިމައްސަލައަށް ގޮތެއް ނުނިންމާ މަޖިލީހުގެ ދައުރު ދިގުކުރަމުންދާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ވަރަށް ބޮޑު ތެދުފުޅެއް. މިއީ ސަރުކާރުގެސްޕީޑުށްހަޖަމް ނުވެގެންއުޅޭ ބައެއް. ދެން ހޮޥާ މަޖްލިސް އަކަށް މިހާރު ތިބި މެމްބަރުން ނަށް ވޯޓް ދޭނެ އެއްގޮތަކަށް ވެސް ނެތް. ޜައްޔިތުން ބިކަވާނެ ހުރިހާ ކަމެއްކޮށް އަމިއްލަ މުސާރަ އިންތިހާ އަށް ބޮޑުކޮށްފަ މެމްބަރުން މާލޭގަ ނިކަމެތި ކޮށްއުޅެން ޖެހޭ ކަމާއި ލިބޭމުސާރައިން ނުފުދެނީދާއިރާގެ ރައްޔިތުންނަށް އެހީވާ ވާހަކަ ދައްކާއިރު ބައެއް މެމްބަރުން އެއްޗެއް ދޭނީ ލޮލަށް ފެނިގެން ނެއްނު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު