Saturday, 15 June 2024

އަމާޒަކީ ސްކޫލުތަކުގެ ކިޔެވުން ފެށުމުގެ ކުރިން އަމީނީ މަގުގެ ސެގްމެންޓު ނިންމާލުން: ވަޒީރު

އަމާޒަކީ ސްކޫލުތަކުގެ ކިޔެވުން ފެށުމުގެ ކުރިން އަމީނީ މަގުގެ ތާރުއަޅައި ނުނިމި ހުރި ސެގްމެންޓުގެ މަސައްކަތް ނިންމާލައި ބޭނުން ކުރަން ފެށުމުންކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ އާރުޑީސީން މައުލޫމާތު ދިންގޮތުގައި، ފެންހިންދާ ނިޒާމަށް ބޭނުންވާ ޓޭންކުތަކާއި ހޮޅީގެ ވިއުގަ އެޅުމިގެ މަސައްކަތުގެ އިތުރުން ނަރުދަމާގެ މަސައްކަތެވެ.

 

އަމީނީ މަގުގެ ސެގްމެންޓުގެ މަސައްކަތް މި މަހުގެ ކުރީކޮޅު ފެށިއިރު، މީގެ ކުރިން ކުރިޔަށް ގެންދިޔަ ސެގްމެންޓުތަކުގެ ދަށުން ޕްރޮޖެކްޓު ކުރިޔަށް ގެންދެވިފައި ވަނީ އިއްޒުއްދީން މަގާއި ހަމައަށެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، މަސައްކަތް ފެށިއިރު އާރުޑީސީން ބުނީ އަމާޒަކީ 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުން ކަމަށެވެ.

މި މަސައްކަތް ކުރިޔަށް ދާގޮތް ބެއްލެވުމަށް ފަހު މިނިސްޓަރު ވިދާޅުވީ އަމީނީ މަގުގެ ޕްރޮޖެކްޓުގެ މިހާރު ކުރިޔަށް ދަނީ ބަސް ރޫޓެއްގައިކަމަށްވުމާއި އެކު މަގު ނިމިގެންދާއިރު ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު