ވަޒީރުންނަށް ރުހުން ދިނުމުގެ ޕްރޮސެސްއަކީ ރަނގަޅު ވެޓިން ޕްރޮސެސްއަކަށް ވާންޖެހޭ: ޔާސިރު

ވަޒީރުންނަށް ރުހުން ދިނުމުގެ ޕްރޮސެސްއަކީ ހާމަކަން ބޮޑުގޮތެއްގައި ހިންގާ ރަނގަޅު ވެޓިން ޕްރޮސެސްއަކަށް ވާންޖެހޭކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔާސިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ ރުހުން ދިނުމުގެ ޕްރޮސެސްއަކީ ހާމަކަން ބޮޑުގޮތެއްގައި ހިންގާ ރަނގަޅު ވެޓިން ޕްރޮސެސް އަކަށް ވަަންޖެހޭ ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.

"ބައެއް ފަރަަތްތަކުން ދަންނަވަނީ މި ކެބިނެޓްގައި ތިއްބެވި ބައެއް ވަޒީރުންނަކީ ގާބިލް ބޭފުޅުން ނޫންކަމަށާއި، ކޮލިޓީ ނެތް ބޭފުޅުންނަށް ރަބާރ ސްޓޭމްޕް ޖަހާ އުސޫލުން ރުހުންދިނުމަކީ މަޖިލިސް މެންބަރުން ކުރައްވައިގެން ވާނެ ކަމެއް ނޫންކަމަށް އަނެއްބައި ފަރާތްތަކުން ދަންނަވަނީ ރުހުން ދިނުމުގައި އަމަލު ކުރެވެމުން އައި ގޮތަށް ބަލާއިރު ފުރަތަމަ ކެބިނެޓްގެ ހުރިހާ ވަޒީރުންނަށް ރުހުން ދިނުން ރަނގަޅު ކަމަށް، މައްސަލަތައް އުޅޭނަމަ ފަހުން މަޖިލީހުގެ ތެރެއިން މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަތް ގެންދިއުމަށް." ޔާސިރު ވިދާޅުވިއެވެ.

ޔާސިރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް ރައްޔިތުންގެ މަޖިލިސްއިން އެޕްރޫވަލް ހޯދަންޖެހޭ ގޮަތަށް ކަނޑައެޅި ލިޔެވިފައި އޮންނަނީ ކޮން މަގުސަދެއްވައިތޯ ވިސްނަނަޖެހޭ ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސްގެ ރުހުން ދިނުމުގެ ޕްރޮސެސް އަކީ ހާމަކަން ބޮޑުގޮތެއްގައި ހިންގާ ރަނގަޅު ވެޓިން ޕްރޮސެސް އަކަށް ވަަންޖެހޭ ކަމުގައި ގަބޫލުކުރަން." ޔާސިރު ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ގާތް ރައްޓެހިންނާއި، ދާއިރާގެ ރައްޔިތުންނާވެސް މަޝްވަރާ ކުރަމުންދާކަމަށާއި، ޚިޔާލުތައް ހޯދަމުންދާކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު