Saturday, 22 June 2024

އެމްޑީޕީ ސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުނު ޙާލަތްތަކެއް ނޫސްވެރިޔާ ނާއިފް ހާމަކޮށްފި

ނިމިދިޔަ އެމްޑީޕީ އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަދި ރައްޔިތުންގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދިފާއުގައި ކުރެއްވި މަސައްކަތްތަކުގެ ލިސްޓެއް، މަޝްހޫރު ނޫސްވެރިޔާ އަޙްމަދު ނާއިފް އާންމު ކޮށްފިއެވެ.

މިދިއަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ޙާސިލުކުރި ނާއިފް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާ ދުށްތަނުގައި ނިމިދިޔަ އެމްޑީޕީ އަދި ނަޝީދުގެ ސަރުކާރުގައި ވެސް ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަދި ރައްޔިތުންގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދިފާއުގައި، އެމްޖޭއޭން (މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން) ވަނީ ވެރިކަމުގައި ތިބެނީ ކޮން ބައެއްތޯ ބެލުމެއް ނެތި މަސައްކަތްކޮށްފައި ކަމަށެވެ. އެގޮތުން ކުރި މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރެވޭ މަސައްކަތްތަކުގެ ލިސްޓެއް އޭނާ ހާމަކުރިއެވެ.

އޭނާ ފާހަގަކޮށްފައިވާ ގޮތުން އެމްޖޭއޭ އިން ކުރި މަސައްކަތްތަކުގެ ތެރޭގައި

  • ހެއްކާ ބެހޭ ބިލްގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ މާއްދާއެއް ހިމަނާފައި ވާތީ އެކަމާ ދެކޮޅު ހަދައި މުޒާހަރާކޮށް އަޑުއުފުލައި އެ މާއްދާ އިސްލާހުކުރަން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވޭ
  • އިދިކޮޅު މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް އަނިޔާވާ ގޮތަށް ފުލުހުން އަމަލުކޮށްފައި ވާތީ އެކަންކަން ކުށްވެރިކޮށް ބަޔާން ނެރެ ޕޮލިސް ކޮމިޝަނަރާ ސީދާ ބައްދަލުކޮށް އެކަންކަން އިސްލާހުކުރަން ލޮބީކޮށްފައިވޭ
  • ދިޔަރެސް ނޫހުގައި ލިޔުނު ލިޔުމަކާ ގުޅިގެން އެ ނޫހުގެ ނޫސްވެރިޔާ އަޒާންގެ މައްޗަށް ފުލުހުން ތަހުގީގެއް ހިންގަން ފެށުމުން އެކަމާ ފާޅުގައި ދެކޮޅު ހަދައި ބަޔާން ނެރެ އަދި ފުލުހުންގެ އިދާރާއަށް ސިޓީއަކުން އެކަމުގެ ކަންބޮޑުވުން ދަންނަވާފައިވޭ.
  • އަދި އައިއެފްޖޭގެ އިސް ވަފުދަކާ އެކު ސީދާ ޕޮލިސް ކޮމިޝަނަރާ ބައްދަލުކޮށް އެ ތަހުގީގު ހުއްޓާލުމަށް ލޮބީކޮށްފައިވޭ  ދިޔަރެސްގެ އަންހެން ނޫސްވެރިއަކު އެމްޑީޕީގެ މަޖިލިސް މެންބަރަކަށް ރައްދުވާ ގޮތަށް ލިޔުނު ލިޔުމަކާ ވިދިގެން އެ ނޫސްވެރިޔާއަށް ސޯޝަލް މީޑިއާގަޔާއި ގުޅައި ފުރައްސާރަކޮށް ހަދާފައިވާތީ އެ ކަން ކުށްވެރިކޮށް ފުލުހުުންނަށް އެ މައްސަލަ ތަހުގީގުކޮށް ތުހުމަތުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން އަވަސްކުރަން އެދިފައިވޭ
  • މުޒާހަރާ ކަވަރުކުރަމުން އައި ޗެނަލް-13ގެ ނޫސްވެރިއެއް ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖެހުމާއި ބޮޑެތި ޝަރުތުތަކެއް ކޮށްދޫކޮށްލުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވޭ
  • އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ގާނޫނުލް އުގޫބާތަށް ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހުގެ ސަބަބުން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމަށް ހުރަސް އެޅޭތީ އެ ބިލް ފާސްނުކުރުމަށް ކަމާ ގުޅޭ ކޮމިޓީގައި ދެންނެވި ނޫސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ދިރާސާތައް ހަދައި ރިޕޯޓްތައް ނެރެ ބައިނައަގުވާމީ މުޖުތަމައުގައި ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތު ބުނެދީ އެކަންކަން ހައްލުކުރަން ސަރުކާރަށް ބާރު އެޅިފައިވޭ

އޭނާ ފާހަގަކުރެއްވި ގޮތުގައި، މަތީގައި ހުރި ހުރިހާ ކަމަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އޭރުގެ ސަރުކާރަށް ނެގެޓިވްވާ ގޮތަށް ކުރެވިފައި ހުރި ކަންކަން ކަމެެވެ. އެހެންވެ، އެމްޖޭއޭއިން ކަންކަމުގައި އަޑުއުފުލާން ފެށީ ވަކި ބަޔަކު ވެރިކަމުގައ ތިބެގެން ކަމަށް ބުނާ ބުނުމަކީ ދޮގެއް ތަކުރާރުކުރަމުން ކުރަމުން ގޮސް އެއީ ތެދެއް ކަމަށް އާންމުންނަށް ވިސްނައިދޭން ދައްކާ ހަގީގަތާ ވަރަށް ދުރު ވާހަކައެއް ކަން ފާހަގަކުރަމުން ބައެއް ހެކިތައް އޭނާ އެކްސްގައި ކުރި ޕޯސްޓުގެ ތްރެޑުގައި ހިމަނާލާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޔާމީނުސަރުކާރުގަކުރެވުނުކަމެއްނެތްތޯ' އެސަރުކާރުގަނޫސްވެރިންނަށް- އެއްވެސްދައްޗެއްއުދަގުލެއްނެތްބާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު