Saturday, 22 June 2024
ހުޅުމާލެ ފޭސް 1 ރީތިގަސްމަގުން އެ ކާރު ހުއްޓުވައި ބަލައި ފާސްކުރި އިރު 53 ފުޅި ބަނގުރާ ފެނިފައިވޭ، ފޮޓޯ: ފުލުހުންގެ ޚިދުމަތް

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެމީހުން ހައްޔަރުކޮށްފި، 53 ފުޅި ބަނގުރާ ފެނިފައިވޭ

ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނާއި އެއާޕޯޓު ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެއިން ދެމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި، ޑިސެމްބަރު 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުުރުކުރި ކާރެއް މަޑުކުރަން އެއާޕޯޓު ޕޮލިހުން އެންގުމުން މަޑުނުކޮށް ދިއުމުން އެކާރު ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް 1 ރީތިގަސްމަގުން އެ ކާރު ހުއްޓުވައި ބަލައި ފާސްކުރި އިރު 53 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން 56 އަހަރުގެ ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުްނ ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި،  މި މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދިވެހި މީހާ ތިންދުވަހަށް ބަންދުކުރުމަށް އަދި ބިދޭސީ މީހާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރެވެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު