Saturday, 15 June 2024

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޝުޖާއު އައްޔަންކުރަން ޕޮލިސް ބޯޑުން ލަފާދީފި

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އައްޔަންކުރުމަށް ޕޮލިސް ބޯޑުން ލަފާ ދީފިއެވެ.

މިކަމާބެހޭ އެއްވެސް މަޢުލޫމާތެއް ރަސްމީ ގޮތެއްގައި އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ފުލުހުންގެ ގާނޫނުގައިވާ ގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެވޭނީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރު ރޭންކުން ފެށިގެން މަތީގެ ބޭފުޅެކެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ޝުޖާއުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ.

ފުލުހުންގެ ޤާނޫނުގައިވާ ގޮތުން ކޮމިޝަނާގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވޭނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ޕޮލިސް ބޯޑަށް ހުށަހަޅާ ނަންތައް ދިރާސާކުރުމަށްފަހު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން މިނިސްޓަރު ދެއްވާ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ހަމީދު މިދިޔަ މަހުގެ 15 ދުވަހު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެން އެކްޓިން ކޮމިޝަނަރުގެ މަގާމުގެ މަސްއޫލިއްޔަތު އުފުއްލަވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު