12 ފެބުރުވަރީ 2025

އިމާމުވެ ޚުތުބާ ކިޔުމުގެ ފުރުޞަތަށް ޒުވާނުންގެ ބޮޑު ތަރުޙީބެއް

އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުތުބާކިޔުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ހުޅުވާލުމުން ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ ޕޮލިސީއަށް ގެނެވުނު ބަދަލަކާ ގުޅިގެން، އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ގުރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން ނިންމާ ކުރި އިއުލާނަށް މިހާތަނަށް 70 ކުއްޖަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ބައެއް މިސްކިތްތަކުގެ އިމާމުންގެ ބެލުމުގެ ދަށުން މިހާރުވެސް ބައެއް މިސްކިތްތަކުގައި ބައެއް ދަރިވަރުން އިމާމުވެ ނަމާދު ކުރެއެވެ. ނަމަވެސް ހުކުރުކޮށް ޚުތުބާ ކިޔުމުގެ ފުރުސަތު ދެނީ ހުއްދަ އޮންނަ ބޭފުޅުންނަށް އެކަންޏެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ވަޒީރުކަމުގައި، އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ މާސްޓާސްއާ ހަމައަށް ކިޔަވާފައިވާ އިމާމުންނަށް ޕީއެޗްޑީއަށް ކިޔެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތްވެސް ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު