މީހުން ދިރިއުޅޭ ރަށްރަށުގައި ކުރިސްމަސް ފާހަގަނުކުރަން ފުލުހުން އިލްތިމާސްކޮށްފި

ކުރިސްމަސް ދުވަސް ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފާހަގަނުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސްކޮށްފިއެވެ.

ކުރިސްމަސްގެ ގޮތުގައި މަސީހީން ފާހަގަކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަސްކަމަށްވާތީ، މާދަމާއަކީ މި އަހަރުގެ ކުރިސްމަސް ދުވަހެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައު އަހަރާ ގުޅިގެން ކުރިސްޓަން ދީނުގައި ފާހަގަކުރަމުންދާ ކުރިސްމަސް ފާހަގަކުރުމަށް އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ނުހިންގުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ފާހަގަކުރި ގޮތުގައި އެ ދުވަސް ފާހަގަކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުން މަނާކޮށްފައިވާ ކަމެކެވެ.

ކުރިސްމަސް ފާހަގަކުރުމަށް ރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ހަރަކާތެއް ނުހިންގުމަށް އެންގުމާއެކު، ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅުއަޅާނެ ކަމަށެވެ.

ފާއިތުވި ފަސް އަހަރު ރާއްޖޭގައި ގެސްޓު ހައުސް ވިޔަފާރިކުރާ ބައެއް ރަށްރަށުގައި ކުރިސްމަސް ފާހަގަކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް ފެންމަތިވެ ބައެއް މީހުން އެކަމާ ނުރުހުން ފާޅުކޮށް ފުލުހުން ފިޔަވަޅުއަޅާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ