Thursday, 20 June 2024

"ފައިދާ ބޮޑީ ކޮން ޕްރޮޖެކްޓަކުންތޯ ބައްލަވާލައްވާ!"

ރައީސް ޑރ މުހައްމަދު މުއިއްޒު ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢު މާ ފައިދާ ބޮޑުކަމަށް ރައީސުލްޖުމުހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ނަމުގައި ބިން ހިއްކުމުގެ މަސައްކަތް ރައީސް މުއިއްޒު ފައްޓަވައިދެއްވާފައިވާއިރު، އެ ކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާ އަބްދުއްރަހީމްވަނީ އެކްސްއެއް ކުރައްވާފައެވެ.
އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގާ ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢު އާއި ރަސްމާލެ މަޝްރޫޢު ދެމެދު ތަފާތުތައް ބަލާލުމުން ފައިދާ ހުރީ ކޮން މަޝްރޫޢުއަކުންކަން ރައްޔިތުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަަމަށެވެ.

ރައީސް ސާލިހުގެ ސަރުކާރުން ހުޅުމާލެ ތިލަފުށި އަދި ދިޔަނެރުފަޅުގައި ޖުމްލަކޮށް ހިއްކަނީ 95.6 ހެކްޓަރުގެ ބިންކަމަށާއި 19.6 ހެކްޓަރު ބިން ކޮންޓްރެކްޓަރަށް ދޭންޖެހޭކަަމަށާއި،  އެހެންނަމަވެސް ފުށިދިއްގަރު ފަޅުގެ މަސައްކަތްތަކުގެ ތެރެއިން 1153 ހެކްޓަރު ހިއްކާއިރު ކޮންޓްރެކްޓަރަށް ދެނީ 70 ހެކްޓަރުކަމަށް އަބްދުއްރަހީމް ވިދާޅުވިއެެވެ.

އަދުރޭ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓަރަށް ދޫކުރާ ބިން އަލުން އަނބުރާ ގަނެވޭނެ އިންތިޒާމުތައް އެއްބަސްވުމުގެ ތެރެއިން ހަމަޖެހިފައިނުވާކަަމަށެވެ. އެހެންމަަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފުރުސަތު ފަހިވެފައިވާކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު