Saturday, 15 June 2024

"ފަނޑިޔާރުކަން ކުރުމަކީ ހިތް ބަލި މީހަކަށް ކުރެވޭނެ ކަމެއް ނޫން"

ފަނޑިޔާރުކަން ކުރުމަކީ ހިތް ބަލި މީހަކަށް ކުރެވޭ ކަމެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޝަރުއީ ދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކޮށް އެ ދާއިރާއަށް ނުކުންނަ ޒުވާނުންގެ އަދަދު އިތުރުކުރުމަށް ކުރިއަށްގެންދިޔަ "ޖުޑީޝަރީ ފޯރ ޖޫނިއާސް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ބޭއިންސާފުން ކަމެއް ގޮސްފިނަމަ އިންސާފުގެ ހުރި މުހިންމުކަން އެނގިގެންދާނެ ކަމަށާއި، ފަނޑިޔާރުކަން ކުރުމަކީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ޤާނޫނު ނަގަހައްޓާ އިންސާފުވެރިކޮށް ކުރާ މަސައްކަތެއް ކަމަށެވެ. ހަމައެހެންމެ، އަޚްލާޤަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި ދާއިރާގައި އުޅޭއިރު މީހުންނަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޤާނޫނު ކިޔެވުމަކީ ވަރަށް ގިނަ ދާއިރާތަކަށް ލޯ ހުޅުވިގެންދާނެ ކަމަށާއި ދާއިރާއަށް ނުކުންނަ ޒުވާން ޖީލު ކަންނެތް ނުވެ ފަރުވާތެރިކަމާއެކު މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

"ޖުޑީޝަރީ ފޯރ ޖޫނިއާސް" ޕްރޮގްރާމަކީ ޖޭއެސްސީ އާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ ޕްރޮމްރާމެކެވެ. ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އުމުރުން 15-20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު