ހަފުތާއެއްގެ ތެރޭގައި 10 ހެކްޓަރުގެ ބިން ހިއްކައި، "ރަސްމާލެ" އުދަރެހުން އަރާތަން ފެނުމުން ހީކަރުވައިގަތުން

ހަފުތާއެއްގެ ތެރޭގައި 10 ހެކްޓަރ ބިން ހިއްކައި "ރަސްމާލެ" އުދަރެހުން ފެންނަން ފަށައ،ި އެ ޚަބަރު ދައުރުވާން ފެށުމުން، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢު، "ރަސްމާލެ" މަޝްރޫއަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަޙްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޚަބަރުތަކުގެ ފަލަ ސުރުޚީއަށް އަރައި ތަރައްޤީގެ މަލަމަތީގެ ކުލަވަރުތައް ފެންނަން ފެށުމުން، ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ‏ކޮންމެ ރައީސަކުވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް މަސައްކަތް ކޮށްދެއްވިކަމަށާއި ރައީސް މައުމޫނު ފެއްޓެވި މަސައްކަތް އިތުރަށް ރައިސް ނަޝީދު ކުރިއަށް ގެންދެވިކަމަށެވެ. އަދި ރައީސް ޔާމީން ވަނީ އެކަމުގައި ލާމަސީލު މިސާލުތައް ދައްކަވާފައި ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

"ރައީސް ޔާމީނު ވެގެންދިޔައީ މުޅިން އެހެން ހަރުފަތަކަށް ބޯހިޔާވަހިކަން ގެންދެވި ރައީސަކަށް. ހުޅުމާލެ ފޭސް2 ހިއްކައި އެތަކެއް ޓަވަރެއް އަޅާ ނިންމެވިއިރު ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް އެކަންކުރެއްވި." ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ރާއްޖޭގެ އެންމެ އަގުބޮޑު ބިމަކީ މާލެ އަދި ހުޅުމާލޭގެ ބިންކަމަށެވެ. އަދި ރައީސް ސާލިހުވެސް ވަނީ ބޯހިޔާވަހިކަމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފަައި ކަމަށާއި ރައީސް މުއިއްޒުވެސް ވަނީ ބޯހިޔާވަހިކަމަށް އިސްކަމެއް ދީފައިކަމަށެވެ.

"މިހުރިހާ ރައީސުންނަށް ޙައްގު ޝުކުރު." ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ރައީސް މުއިއްޒު ހުޅުމާލެވެސް ހިމެނޭ ގޮތަށް މާލޭ ސަރަހައްދުން 70 ހެކްޓަރ ބިން ބަޔަކަށް ދިނުމަށްފަހު މާދުރުގައި އޮތް ފަޅެއް ހިއްކުމުން އެއީ ހަރަދެއް ނުހިނގާ ހިނގި ކަމަކަށް ނުވާނެކަމަށެވެ.

"ދެވަނައަށް، އެއީ މާލޭގެ އަގު ބޮޑު ބިންދިނުމަށްފަހު ކުރަން ހެޔޮވާވަރުގެ ކަމެއްތޯ؟ ގިރާވަރާއި ގުޅީފަޅު މިއީ ބްރިޖުން ގުޅާލެވޭނެ، ތަރައްގީ ކަށަވަރު ކުރެވޭނެ ތަންތަން." ޖަމީލު ވިދާޅުވިއެވެ.

މިޒަމާނުގެ ތަރައްޤީގެ މޮޑެލްތަކާއި އިންވެސްޓްމަންޓްތަކުގެ މަޢުލޫމާތު ދެނެވަޑައިގެން ނުގެން ހުންނަވައި، ސަރުކާރާ މެދު ނުރުހުންވެފައި ހުންނަވައި މި ކުރެއްވި ޓްވީޓަކީ ޒާތީ ޙަސަދައެއް ފިލުވާލުމަށްޓަކައި ކޮށްފައިވާ ޓްވީޓެއް ކަމަށް ބެލެވެއެވެ. އެހެނީ ފުށިދިއްގަރު ފަޅު ހިއްކުމަކީ "ދިވެހީންގެރާއްޖެ" މެނިފެސްޓޯގައި ހިމަނުއްވާފައިވާ ބޯހިޔާވަކިކަމުގެ މުހިއްމު ލަނޑުދަނޑިއެކެވެ. އަދި ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވާއިރު، އޭރު ޑރ. މުއިއްޒު ހޮއްވެވުމަށް މަސައްކަތްކުރެއްވީ މެނިފެސްޓޯ ރަނގަޅަށް ވިދާޅު ނުވެތޯ ސުވާލު ކޮށްލާން ޖެހެއެވެ. ކުއްލިއަކަށް އެ މަޝްރޫޢު ހިންގުން އެހާ މުހިއްމު ނުވީ ޒާތީ ކަމެއް އުޅޭ ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ.

ޖަމީލު ވިދާޅުވީ މިކަންކަން މިހެންހުރިއިރު ފުށިދިއްގަރު ފަޅުން މޮޅު ޖާދޫއެއް އުފަންވެ، ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލެއް ނުވާނެކަމަށާއި މިއީ ދެބަސްވެވެން ނެތް ބޮޑު ކޮރަޕްޝަނެއްކަމަށެވެ. އަދި މިއީ ހުޅުމާލެ ބިން ބަޔަކަށް ދިނުމަށް ރޭވި ރޭވުމެއްކަމަށާއި މިއީ ގޮތް ނޭގޭ އެތަކެއް ކަމެއް ހިމެނޭކަމެއްކަމަށް ޖަމީލު ވިދާޅުވިއެވެ. ޖަމީލު ވިދާޅުވީ މިއީ ދެކޮޅުނުޖެހޭ މަޝްރޫއެއްކަމަށާއި، މާލެ ސަރަހައްދާއި އެތަން ގުޅާލެވޭނެ ގޮތެއްވެސް ނެތްކަމަށެވެ.

ޖަމީލު މިހެން ވިދާޅުވި ނަމަވެސް މިސަރުކާރުން ބުނެފައިވަނީ ދައުލަތުން އެއްވެސް ހޭދައެއް ނުކޮށް ހިންގާ ފައިދާހުރި މުހިންމު މަޝްރޫޢެއް ކަމަށެވެ. ރަސްމާލެ ގުޅާލާނީ ސްޕީޑް ފެރީން ކަމަށްވެސް ސަރުކާރުުން ހާމަކުރައްވާފައިވެއެވެ. އާބަންކޯއިން ވިދާޅުވެފައިވަނީ، މީގެކުރިން ވެސް ބިން ދޭގޮތަށް މިފަދަ މަޝްރޫޢުތައް އެކުންފުނިން ހިންގާފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ