Saturday, 22 June 2024

’ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް' ބޯޑު ތަޢާރުފުކުރަނީ

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި 'ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް' ބޯޑު ތަޢާރުފުކުރުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، 'ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް' ބޯޑުގައި ތިއްބަވާނީ 15 މެންބަރުންކަމަށާއި އެ މެންބަރުންގެ އުމުރަކަށް ވާންވާނީ 18 އަހަރާއި 30 އަހަރުކަމުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި 2 ފަހަރު ބޯޑު އެކުލަވާލުމަށް ނިންމަވާފައިވެއެވެ. ނަމަވެސް މަތީ ޡާނަވީ ސްކޫލެއްގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުން އަދި ޔުނިވަރސިޓީގެ ސްޓޫޑަންޓް ކައުންސިލުގެ ފަރާތުން ބޯޑަށް ޢައްޔަނުކުރާ މެންބަރުންނަކީ ސްޓޫޑަންޓް ކައުންސިލް/އެގްރެކެޓިވް ކޮމިޓީގައި އަދާކުރާ މަޤާމުގެ ގޮތުން ޢައްޔަނުކުރެވޭ މެންބަރުންކަމަށްވުމުން، މި މެންބަރުން ކޮންމެ އަހަރަކު އެއްފަހަރު ބަދަލުވެގެންދާގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ބޯޑަކީ ރައިސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އެކުލަވާލާ ބޯޑަކަށްވުމުން، މި ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީއިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު