ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އާބަންކޯއިން ހަރަކާތެއް ބާއްވަން ނިންމައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ އާބަންކޯއިން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އާބޯންކޯއިން ވިދާޅުވެފައިވަނީ، ދިވެހީންގެ އެއްބައިވަންތަކަމުން މުޅި ދުނިޔެއަށް ނަމޫނާ ދައްކާލި ދުވަސް، ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލެ ސެންޓްރަލް ޕާރކުގައި ބާއްވާ ހަރަކާތެއް އޮންނާނެ ކަމަށެވެ.
އަދި އެޙަރަކާތަށް އެންމެ ބޭފުޅުންނަށް އެ ކުންފުނިން ވަނީ ދަޢުވަތު އަރުވާފައެވެ. އެ ޙަރާކާތް އޮންނާނީ މާދަމާ ހެނދުނު 8:30 ގައި ކަމަށް އާބަންކޯއިން ވިދާޅުވެއެވެ.
ދިވެހީންގެ އެއްބައިވަންތަކަމުން މުޅި ދުނިޔެއަށް ނަމޫނާ ދައްކާލި ދުވަސް، ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލެ ސެންޓްރަލް ޕާރކުގައި ބާއްވާ ހަރަކާތަށް އެންމެ ބޭފުޅުންނަށް ދަޢުވަތު އަރުވަން. #ޤައުމީއެއްބައިވަންތަކަމުގެދުވަސް2023#އަރބަންކޯއާއިއެކު pic.twitter.com/VGHTV2yObl
— Urbanco (@hdcmaldives) December 25, 2023
މިއީ، 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި ބޭއްވޭ ޙަރަކާތެކެވެ.