މަހަށް ނިކުމެ އުޅުނު ބިދޭސީއަކު މަރުވެއްޖެ

ގއ. ވިލިނގިލިން މަހަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި ބިދޭސީއަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގއ. ވިލިނގިލިން މަހަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ހާލު ދެރެވަގެން ރޭ 12:25 ހާއިރު ދާންދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އެމީހާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު