15 ޖަނަވަރީ 2025

މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ފުރުސަތު ފަހިކޮށްދޭން، މެންބަރު ޝަރީފް އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.

ޝަރީފު އެ ޕާޓީން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވާފައިވާކަން އެނގިފައިވެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންއަށް އެޑްރެސް ކުރައްވައި ޝަރީފް ފޮނުއްވި ސިޓީގައި މިވަގުތަށް ސިޔާސީ ކަންކަމުން ދުރަށް ޖެހިވަޑައިގަންނަންވަން ބޭނުންވާކަން ހާމަކުރައްވާފައިވާ ކަމަށް އެޕާޓީން ވިދާޅުވެފައިވެއެވެ.

އެ ޕާޓީން ވިދާޅުވެފައިވަނީ، ޝަރީފު ބޭނުންފުޅު ވަނީ އޭނާއަށް ތާއީދު ކުރާ ގިނަ ފަރާތްތަކުގެ އެދުމާ އެއްގޮތަށް ރަށުގައި މިހާރު ފެށިފައި ހުރި މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދިއުމަށް ފުރުސަތު ފަހިކޮށްދޭން ކަމަށެވެ.

ޝަރީފް ސިޔާސީ މައިދާނުން ދުރަށްޖެހިވަޑައިގަންނަވާ ކަން އިޢުލާނުކުރައްވާފައި ވަނީ އެމްޑީޕީ ޕީޖީ ގްރޫޕްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

ޝަރީފު ވިދާޅުވީ ސިޔާސީ މައިދާނުގައި އިތުރަށް މަސައްކަތް ކުރުމުގެ ޝައުޤެއް މި ވަގުތު އޭނާގެ ނެތް ކަމަށާއި، އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވެސް ވާދަނުކުރައްވާނެ ކަމަށެވެ.

ސިޔާސީ ދާއިރާގައި މިހައި ގިނަ ދުވަހު މަސައްކަތް ކުރެވުނު އިރުވެސް އޭނާއަށް ކުރެވުނު ރަނގަޅު ކަމެއް ނުފެނުނު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޝަރީފަކީ ސިޔާސީ ދާއިރާގައި ގިނަ ގުނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި، ޤައުމުގެ ހެވާއި ލާބައަށްޓަކައި އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ އެންމެ ދިގު މުއްދަތެއްގައި ހޭދަ ކުރައްވާފައިވަނީ އެމްޑީޕީގައެވެ. ނަމަވެސް އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އުފެއްދެވި ޑީއާރްޕީގައިވެސް މަދު ދުވަސްތަކެއްގައި ހޭދަކުރައްވާފައެވެ. އޭނާ ވަނީ 20 އަހަރަށް ވުރެން ގިނަ ދުވަސްވަދެން މަޖިލީހުގެ މެމްބަރުކަން އަދާކުރައްވައިފައެވެ.

ޝަރީފް ސިޔާސީ މައިދާނާ ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވައިފި

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ވަކި ވީ ބޮޑު ސަބަބު އިގޭ މަކަރު ނުޅޭ ރައްޔިތުންނަށް އިގޭ މަނިކުފާނު 13 މެންބަރަކުން ތިގޮތަ އެމް.ޑީ.ޕީ ކުރިއަށް މިއޮތް ދުވަސްތަކު ގައި ވަކިވާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު