ހާހަކަށްވުރެ ގިނަ މީހުން ބައިވެރިވި ހަރަކާތަކާއެކު ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް އާބަންކޯއިން ފާހަގަކޮށްފި

ހާހަކަށްވުރެ ގިނަ މީހުން ބައިވެރިވި ހަރަކާތަކަކާއެކު ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް އާބަންކޯއިން ފާހަގަކޮށްފިއެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ރާއްޖެއަށް ކުރިމަތިވި ހިތްދަތިކަމުން އަރައިގަތުމަށް، ދިވެހި ރައްޔިތުން ދެއްކި ނަމޫނާ ފާހަގަކުރުމަށްޓަކައި، ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް މިއަދު ވަނީ އާބަންކޯއިން ފާހަގަކޮށްފައެވެ. މި ހަރަކާތުގައި ބައިވެރިވެ، ސުނާމީ ކާރިސާގެ ހިތާމައިގެ ހަނދާނުގައި ބޭއްވުނު ހަމަ ހިމޭންކަމުގެ ސުކޫތުގައި ބައިވެރިވުމަށް ސެންޓުރަލް ޕާކަށް ހާހަަކަށްވުރެ ގިނަ މީހުން ޖަމާވިއެވެ.

މި ހަރަކާތުގައި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމާއި، އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުގެ އިތުރުން އެކުންފުނީގެ ވެރިންނާއި މުވައްޒަފުންނާއި ސަރުކާރުގެ އެހެން ކުންފުނިތަކާއި މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި، އަދި ހުޅުމާލޭގައި ދިރިއުޅުމުންދާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެެރިވިއެވެ.

މިއީ، 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި ބޭއްވުނު ޙަރަކާތެކެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ، ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގެ ހަނދާން އާކޮށް ދިވެހިން އެދުވަހު ދެއްކި އެއްބައިވަންތަކާމުގެ އާދަޔާ ޚިލާފު ރީތި ނަމޫނާގެ ހަނދާން އާކުރާ ދުވަހުގެ ގޮތުގައެވެ. ސުނާމީ ކާރިޘާއަށް މިއަދު 19 އަހަރު ފުރޭއިރު، އެ ދުވަހުގެ އެ ބިރުވެރި މަންޒަރުތަކާއި އަޑުތައް އިއްޔެވީކަމެއްހެން ދިވެހިންގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަޓްރާގެ ކަނޑު އަޑިއަށް އައި ރިކްޓަރ މިންގަނޑުން 9.1 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު