Saturday, 25 May 2024

ޑައިމޯފިން ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ ކުށުގެ މައްސަލައާ ގުޅިގެން މީހަކު ހޯދަނީ

ތ. ވިލުފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި، މި އަމުރާ ގުޅިގެން ހޯދަމުންދަނީ ލ. ގަން – ތުނޑި / ރޯސް، މުޙައްމަދު މާޖިދު (29އ) އެވެ.

މުޙައްމަދު މާޖިދު ހޯދަމުންދަނީ ޑައިމޯފިން ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2023 ޑިސެމްބަރ 28 ވަނަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މުޙައްމަދު މާޖިދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދިލައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *