Thursday, 20 June 2024

ހުޅުމާލެ ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަށް ހުއްދަނެތި ނުވަނުމަށް އިލްތިމާސްކޮށްފި

ހުޅުމާލެ ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަށް ހުއްދަނެތި ނުވަނުމަށް އާބަންކޯއިން އިލްތިމާސްކޮށްފިއެވެ.

އާބަންކޯއިން ވިދާޅުވީ، މިދުވަސްވަރަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ގިނަވެ ހުޅުމާލޭގައިވެސް އާދަޔާ ހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއްކަމުން، ސިއްހީ ދާއިރާގެ ހިދުމަތްތެރިދަނީ ތަކުރާރުކޮށް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމުންދާތީއާއެކު،ހުޅުމާލޭގެ ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަތްވެފައި މިސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރާ ކަމަށެވެ.

ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދަކަށްނުވިނަމަވެސް މަދުންނަމަވެސް އާންމުން މިސަރަހައްދަށް ވަންނަކަން އެ ކޯޕަރޭޝަނަށްވަނީ ފާހަގަކުރެވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ތަކުރާރުކޮށް އެކި ފަހަރުމަތިން މިސަރަހައްދަށް ނުވަނުމަށް އެ ކޯޕަރޭޝަނުންވަނީ އިލްތިމާސްކޮށްފައެވެ.

އެހެންކަމުން، ޒަރޫރީ އެއްވެސްބޭނުމަކާ ނުލައި ހުއްދައެއްނެތި، މިސަރަހައްދަށް ނުވަނުމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު