23 އެޕްރީލް 2025

ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭތާ އެތައް ދުވަހެއް

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާއެއް ނުބޭއްވޭތާ މިހާރު ހަފްތާއެއް ވެއްޖެ ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕުން މިއަދު ބުނެފިއެވެ.

މި ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގެ މަސައްކަތް ކުރިޔަށް އޮތްވައި މަޖިލީހުގެ ޖަލްސާތައް މެދުކެނޑިފައިވާއިރު، އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފައި ނުވާ ކަމަށާއި ކޯރަމް ހަމަވާ ވަރަށް މެންބަރުންވެސް މާލޭގައި ނެތް ކަމަށެވެ.

"މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފައެއް ނެތް، އެޖެންޑާ ކުރީމާތާ އެނގޭނީވެސް، މާލޭގައި މިހާރު ނެތް މެންބަރުން ކޯރަމް ހަމަވާ ވަރަށް" ޝަހީމް ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މިމަހު 20 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުމުން ޖެހިގެން އައި ދުވަހު ރިޔާސަތުން ވަނީ ވަޒީރުންގެ ނަންތައް ދިރާސާކުރުމަށްޓަކައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ނަންތައް ފޮނުވައިފައެވެ.

ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓު ނުހިމެނޭތީ ވަޒީރުންނަށް ރުހުން ދިނުމުގެ ރިޕޯޓު އަނބުރާ ކޮމިޓީ އަށް ފޮނުވާލުމުން އެ ރިޕޯޓުގެ މަސައްކަތްކުރުމަށް އުފެއްދި ސަބް ކޮމިޓީގެ ކޯރަމް ހަމަނުވާތީ ރިޕޯޓުގެ މަސައްކަތް ނުނިމޭ ކަމަށާއި، މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދަނީ އެ ސަބަބާ ހެދި ކަމަށް ފާހަގަކުރައްވަމުން، މަޖިލީހުގެ ޖަލްސާތައް މެދުކެނޑުނު ދެވަނަ ސަބަބެއްގެ ގޮތުގައި ހުސައިން ފާހަގަކުރެއްވީ، ޕާޓީތަކުން 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ޕާޓީތައް ތަމްސީލުކުރާނެ މެންބަރުން އިންތިހާބުކުރުމަށްޓަކައި ބާއްވާ ޕްރައިމަރީ އަށް ހުޅުވާލާފައި އޮތުމުން، ގިނަ މެންބަރުން ކެމްޕެއިން ދަތުރުފުޅުގައި އުޅުއްވާތީ ކަމަށެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަކި އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު