އެމްޓީސީސީގެ ޑީއެމްޑީއަކަށް މުޣްނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓި މެނޭޖިން ޑިރެކްޓަރަކަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށް ކުރައްވާފައިވާ ޙަސަން މުޣުނީ އައްޔަން ކޮށްފިއެވެ.

މުޣުނީ އެ މަޤާމަށް އައްޔަނު ކުރައްވާފައިވާ ވަކި ދުވަހެއް އެނގިފައެއް ނުވެއެވެ.

މުޣުނީއަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން ރައީސް ޞާލިހުގެ ސަރުކާރުގައި ވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކޮށްފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އޭގެ ފަހުން އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

ރައީސް، ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާއި ހަވާލުވި ފަހުން ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑަށް މުޣުނީ ޢައްޔަންކުރެއްވިއެވެ. އެހެންނަމަވެސް އޭރު ރައީސް އޮފީހުން ވިދާޅުވީ، އޭނާގެ ނަން އެބޯޑުގައި ނުހިމަނަން ނިންމާފައިވަނީ ދައުލަތުގެ އެހެން އިދާރާއެއްގައި ޚިދުމަތް ކުރަންޖެހިދާނެތީ ކަމަށެވެ.

އެމްޓީސީސީގެ ދެވަނަ ޑީއެމްޑީއަކަށް މިވަގުތު ހުންނެވީ މުހައްމަދު ޖަމްޝީދެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *