Thursday, 25 July 2024

"ޤައުމީ ބަހާތައް ދިރުވަން މަސައްކަތްކުރައްވާ ރައީސެއް ރާއްޖޭގެ ޒަޢާމަތުގައި ހުންނެވުމަކީ ޤައުމުގެ ނަޞީބު"

 

ޤައުމީ ޝަޚުޞިއްޔަތު އިތުރަށް ވަރުގަދަ ކުރަންޖެހޭ ފަދަ ޙާލަތެއްގައި ރާއްޖެ ވަނިކޮށް، ދިވެހިންގެ އެއްބައިވަންތަކަމުގެ ސަފުތަށް ވަރުގަދަކޮށް ޢަޤީދާއާއި ޤައުމީ ބަހާތައް ދިރުވަން މަސައްކަތްކުރައްވާ ރައީސެއް ރާއްޖޭގެ ޒަޢާމަތުގައި ހުންނެވުމަކީ ޤައުމުގެ ނަޞީބު ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ، ޤައުމީ ޝަޚުޞިއްޔަތު އިތުރަށް ވަރުގަދަ ކުރަންޖެހޭ ފަދަ ޙާލަތެއްގައި ރާއްޖެ ވަނިކޮށް، ދިވެހިންގެ އެއްބައިވަންތަކަމުގެ ސަފުތަށް ވަރުގަދަކޮށް ޢަޤީދާއާއި ޤައުމީ ބަހާތައް ދިރުވަން މަސައްކަތްކުރައްވާ ރައީސެއް ރާއްޖޭގެ ޒަޢާމަތުގައި ހުންނެވުމަކީ ޤައުމުގެ ނަޞީބު ކަމަށެވެ.

"ޤައުމީ ޝަޚުޞިއްޔަތު އިތުރަށް ވަރުގަދަ ކުރަންޖެހޭ ފަދަ ޙާލަތެއްގައި ރާއްޖެ ވަނިކޮށް، ދިވެހިންގެ އެއްބައިވަންތަކަމުގެ ސަފުތަށް ވަރުގަދަކޮށް ޢަޤީދާއާއި ޤައުމީ ބަހާތައް ދިރުވަން މަސައްކަތްކުރައްވާ ރައީސެއް ރާއްޖޭގެ ޒަޢާމަތުގައި ހުންނެވުމަކީ ޤައުމުގެ ނަޞީބު." ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ޤައުމިއްޔަތު ހަރުދަނާކޮށް ދިވެހިވަންތަ ސިފަތައް އަށަގެންނެވުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްުޒު ވިދާޅުވެފައިވަނީ، އިސްލާމްދީނުގައި އެއްބައިވަންތަކަމާއެކު ތިބެވުމަކީ ދިވެހިންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތެއްކަން ހަނދާން އައު ކޮށްދެއްވަމުން ބައިބައިވުމާއި އިސްލާމީ އަޚްވަންތަކަން ފުނޑުފުނޑުވެގެން ދިއުމަށް ފުރުޞަތު ނުދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާކަމަށެވެ. އަދި ދިވެހިންނަކީ އެއްދީނެއްގެ، އެއް ބަހަކުން ވާހަކަދައްކާ އެތައް ނަޞީބެއްގެ ވެރި ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "އެއް އަކުރަކުން ލިޔެކިޔައި އުޅުމުގެ އުފާ. އެއް ސަގާފަތެއް ހިއްސާކުރުމާއި، އެއް ނަސްލަކުން ގުޅިފައި ވުމުގެ އަމާންކަން. ހަމަ އެހެންމެ، އެއްސޫރައެއްގައި އޮތް އެއްކަހަލަ ރަށްތަކަކުން ދިވެހީންގެ ވެށި ސިފަވެގެން ދިޔުމުގެ ޒީނަތްތެރިކަން. ދިވެހީން އެއްބައިވަންތަކުރުވީ މި އެއްގޮތްވަންތަކަން. މީ އެއް ޤައުމެއް. އެއް ބައެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު