ތާރިޤް، އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވަނީ

އެފްއޭއެމުން އިއުލާންކޮށްފައިވާ އެ އެސޯސިއޭޝަން އިންތިޚާބުގައި ވާދަކުރުމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ހުށަހަޅުއްވައިފިއެވެ.

އެގޮތުން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފްއޭއެމުން އިއުލާންކޮށްފައިވާ އެ އެސޯސިއޭޝަން އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑެސީ ފޯމް ހުށަހަޅައިފި ކަމަށެވެ.

އެފްއޭއެމުން އިއުލާންކޮށްފައިވާ އެ އެސޯސިއޭޝަން އިންތިޚާބުގައި އޭނާ ވާދަކުރުމަށް ހުށަހެޅުއްވި އެގްޒެކްޓިވް ކޮމިޓީގެ މެންބަރުންނަކީ:

  1. ރައީސް: ޢަހްމަދު ތާރިޤް
  2. ނާއިބު ރައީސް: އިމްރާން މުހައްމަދު (ކީޕަރު)
  3. ނާއިބު ރައީސް: ހުސައިން ޝާފިއު (މާޒިޔާ)
  4. މެންބަރު: އަޙްމަދު ޝާހިރު
  5. މެންބަރު: އަބްދުލްހަމީދު އަބްދުލް ޤަފޫރު
  6. މެންބަރު: އުލާ އިބްރާހިމް (މަހިބަދޫ ސކ)
  7. މެންބަރު: މުހައްމަދު މިފްތާޙް (ޓީސީ)
  8. މެންބަރު: އަލީ ރިޒްވާން
  9. މެންބަރު: އަބްދުﷲ ނާސިޙް

އޭނާ ފޯމް ހުށަހެޅުއްވިއިރު، އަންގާރަ ދުވަހު ވަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގާ ކޮމެޓީން އިތުރު ތިން މެމްބަރުން އިސްތިއުފާ ދެއްވައި، ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ގެއްލުވާލާފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ކޯރަމް މިހާރު ވަނީ ގެއްލިފައެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ކޯރަމް ގެއްލުނީ، އެ ކޮމިޓީން ތިން މެންބަރަކު އިސްތިއުފާ ދެއްވުމުންނެވެ. ކުރިން، ދެ މެންބަރަކުވަނީ އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން މިހާރު އެފްއޭއެމްގެ އެކްސްކޯގައި ތިބީ ހަތަރު މެންބަރުންނެވެ. އެއީ، އަސާސީ ގަވައިދުގައި ބުނާ އަދަދަށްވުރެ މަދު އަދަދެކެވެ.

މީގެ ކުރިން އެފްއޭއެމްގެ ހިންގާ ކޮމެޓީން އިސްތިޢުފާ ދިން ދެ މެންބަރުންނަކީ މުއާވިޔަތު ހަލީލް (މުއާބެ) އަދި ހުސައިން ޝާފިއު (ކޮއްކީ)އެވެ. އޭގެ ފަހުން މި މަހުގެ 15 ވަނަ ދުވަހު އިތުރު ތިން މެމްބަރުން ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެވެ. އެއީ މުހައްމަދު ޝިފާއު، އާމިނަތު ޝަނީޒް އަދި އަހުމަދު ނަޝީދު (ޑޭވް) އެވެ.

އެފްއޭއެމްގެ ހިންގާ ކޮމެޓީން މިހާތަނަށް ފަސް މެމްބަރުން އިސްތިއުފާ ދެއްވާފައިވާއިރު، ބާކީ ތިއްބެވީ ފަސް މެމްބަރުންނެެވެ. އެއީ ބައްސާމްގެ އިތުރުން ނައިބު ރައީސް އަލީ އުމަރު، މުފާވިޒް ހާޝިމް (މުފާ) އަދި އަހްމަދު ޝަކީބެވެ. ދެން އިންނަވާނީ ދާދި ފަހުން ހިންގާ ކޮމެޓީ އަށް ޢައްޔަން ކުރެއްވި އަބްދުﷲ ޝިބާއު (ޝިބާ) އެވެ.

ނަމަވެސް މީގެ ތެރެއިން ޝިބާ އަށް ވޯޓު ދިނުމުގެ ޙައްޤެއް، ނުވަތަ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ އެވެ. އެފްއޭއެމްގެ އަސާސީ ޤަވާއިދު ބުނާ ގޮތުން ހިންގާ ކޮމެޓީން މެމްބަރަކު އިސްތިއުފާ ދީފި ނަމަ، އެ މަގާމަށް މީހަކު އިންތިޚާބު ކުރަން ޖެހެނީ އޯޑިނަރީ ކޮންގްރެސް އަކުންނެވެ. އެހެންކަމުން އެފަދަ ކޮންގްރެސަކުން މެނުވީ، ޝިބާ އަށް އެއްވެސް ޙައިސިއްޔަތެއް ނުލިބޭނެއެވެ.

އެފްއޭއެމްގެ ހިންގާ ކޮމެޓީން މެމްބަރުންތައް އިސްތިއުފާ ދެއްވާފައިވާއިރު، އަންނަ މަހު އެ އެސޯސިއޭޝަންގެ އިންތިޚާބު ބާއްވަން ވެސް އޮތީ އިއުލާން ކޮށްފަ އެވެ. އެހެން ނަމަވެސް، އެ އިންތިޚާބުގެ ކަންކަން ސާފު ކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން މިހާރު ވަނީ އެފްއޭއެމްގައި އެދިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު