Saturday, 15 June 2024

"އެންމެ ބޮޑަށް އިސްކަންދޭ ކަންކަމުގެ ތެރޭގައި ފާއިތުވި 5 އަހަރު އާބަންކޯ ތެރޭގައި ހިންގި ޖަރީމާތައް ބެލުން"

އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އާބަންކޯ ތެރޭގައި ހިންގާފައިވާ ޖަރީމާތައް ބެލުމަށް އެ ކުންފުނީގެ އާ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަޙްމަދު އިބްރާހީމް (ޕޮކަންޑި) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އާންމުންގެ މީހަކު ކުރި ޓްވީޓަކަށް ދެއްވި ރައްދު ޖަވާބެއްގައެވެ.

އޭނާ ވިދާޅުވީ ދިވެހި އެންމެހާ ރައްޔިތުންގެ ދިރިއުޅުމާއި ކުރިމަގާ ގުޅިފައިވާ ހުޅުމާލޭގެ ހުރިހާ ބިންތައް އެއްކޮށް ރައީސް ޞާލިހްގެ ވެރިކަން ނިމުމުގެ ކުރިން ކަޅު ފައިސާގެ ދަހިވެތިކަމުގައި ބަހާލުމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ.

"އަޅުގަނޑު އެންމެ ބޮޑަށް އިސްކަންދޭ ކަންކަމުގެ ތެރޭގައި ފާއިތުވި ފަސް އަހަރު އާބަންކޯ ތެރޭގައި ހިންގި ޖަރީމާތައް ބެލުން އޮންނާނެ،" އަޙްމަދު ވިދާޅުވިއެވެ.

އާބަންކޯގެ ސީއީއޯގެ މަޤާމަށް އޭނާ އައްޔަންކުރަން އެ ކުންފުނީގެ ބޯޑުން ނިންމީ މިދިޔަ ހޯމަ ދުވަހުއެވެ.

ސޯޝަލް މީޑިޔާ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ އަހްމަދަކީ ނިމިދިޔަ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަތައް އެންމެ ގިނައިން ލިޔުނު ނޫސް، ދިޔަރެސްގެ އެއް ފައުންޑަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު