ރައީސް ޑރ. މުޢިއްޒު ބައިވެރިވެވަޑައިގަންވާ ޕްރޮގްރެސިވް ކޯލިޝަންގެ ޖަލްސާއެއް މާދަމާ ރޭ ބާއްވަން ހަމަޖައްސަވައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމްގައި 20:15 ގައި ކަމަށް އެ ކޯލިޝަނުން މަޢުލޫމާތު ދެއްވައެވެ.
އަދި މިޖަލްސާގައި ބައިވެރިވުމަށް، އެ ކޯލިޝަންގެ މެންބަރުންނާއި ތާއީދު ކުރައްވާ އެންމެހައި ފަރާތްތަކަށް އެ ކޯލިޝަނުން ދައުވަތު އަރުވައެވެ.
ރައީސުލްޖުމްހޫރިއްޔާ @MMuizzu ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާ#DhiveheengeRaajje#Feshun pic.twitter.com/OZOXkic1xr
— Progressive Party of Maldives (@ProgressPartyMV) December 27, 2023
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން އެކޯލިޝަނުން އިންތިޒާމްކުރާ މިފަދަ ފުރަތަމަ ޖަލްސާއެވެ.
މައުލޫމާތު ލިބޭގޮތުގައި، އެ ޖަލްސާގައި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ޕީއެންސީއަށް ސޮއިކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.