Saturday, 25 May 2024

"އަމާޒަކީ ގުޅީފަޅު މަޝްރޫއު އަވަހަށް ނިންމައި އަސާސީ އިންފްރާސްޓްރަކްޗަރ ބިނާކުރަން ފެށުން"

މި ސަރުކާރުގެ އަމާޒަކީ ގުޅީފަޅު މަޝްރޫއު އަވަހަށް ނިންމައި، އަސާސީ އިންފްރާސްޓްރަކްޗަރ ބިނާކުރަން ފެށުން ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއްޠަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގުޅީފަޅު ރިކްލެމޭޝަން ކުރިއަށްދަނީ ޝެޑިއުލްގައިވާ ގޮތަށް ހުއްޓުމެއްނެތި ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، 150 ހެކްޓަރުގެ ބިމުގެ ތެރެއިން މިހާރު ވަނީ 90 ހެކްޓަރުގެ ބިން ހިއްކިފައި ކަމަށެވެ.

އެހެންކަމުން ސަރުކާރުން ވައުދުވަނީ މި މަޝްރޫއު ވީހާވެސް އަވަހަކަށް ނިންމާ އަސާސީ އިންފްރާސްޓްރަކްޗަރތައް ބިނާކުރަން ފެށުން ކަމަށްވެސް މުއްޠަލިބު ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *