7 ފެބުރުވަރީ 2025

ހުޅުމާލެ ފޭސް 3، ގުޅިފަޅު، ގިރާވަރުފަޅު ހިއްކުމުގެ ސްޕީޑަށްވެސް ބަދަލެއް ނާދޭ، ރަސްމާލެ މުޢިއްޒު ދުވެލީގައި: ޝަކީލް

ފުށިދިއްގަރުފަޅުން 1150 ހެކްޓަރުގެ ބިން ހިއްކަމުންދަނީ މުޢިއްޒު ދުވެލީގައި، ހުޅުމާލެ ފޭސް 3 ހިއްކުމާއި، ގުޅިފަޅު ހިއްކުމާއި، ގިރާވަރުފަޅު ހިއްކުމުގެ ސްޕީޑަށްވެސް ބަދަލެއް ނުގެނެސްކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުށިދިއްގަރުފަޅުން 1150 ހެކްޓަރުގެ ބިން #MuizzuDhuveli ގައި ހިއްކަމުން އެދަނީ ހުޅުމާލެ ފޭސް 3 ހިއްކުމާއި، ގުޅިފަޅު ހިއްކުމާއި، ގިރާވަރުފަޅު ހިއްކުމުގެ ސްޕީޑަށްވެސް ބަދަލެއް ނުގެނެސް ކަމަށެވެ.

"ހަގީގަތަކީ ކުރީ ސަރުކާރުން ނިންމާފައިވާ އަދަދަށްވުރެ ގުޅީފަޅުން ހިއްކާ ސަރަހަށްދަށް 85 ހެކްޓަރުގެ ބިން އަދި ގިރާވަރު ފަޅުން ހިއްކާ ސަރަހައްދަށް 50 ހެކްޓަރުގެ ބިން އިތުރު ކުރަން ރައީސް ޑރ.މުއިއްޒު ނިންމަވާފައިވާކަން." ޝަކީލް ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅު ހިއްކަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ ހަވާލުކޮށްގެންނެވެ. ސީއެމްސީސީ އިން ފުށިދިއްގަރު ފަޅު ހިއްކަނީ އެތަނުން 60 ހެކްޓަރު އަދި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން އެ ކުންފުންޏަށް 99 އަހަރަށް ލިބޭ ގޮތަށެވެ. އޭރުން މިމަޝްރޫއަށް ދައުލަތުންވެސް އާބަންކޯ އިންވެސް އެއްވެސް ހަރަދެއް ކުރާކަށް ނުޖެހެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ އަށްމަސް ދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުގައި 1،150 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އަދި އެ ސަރަހައްދު ހިއްކާ 11،900 ގޯއްޗާއި، 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ރައީސް ވަނީ ރިޔާސީ ކެމްޕޭންގައި ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު