އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމް 2023 ގެ ބައިވެރިން ދިވެހި ފުލުހުންގެ ޚިދުމަތަށް ޒިޔާރަތްކޮށްފިއެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި، މި މަހުގެ 27 ވަނަ ދުވަހު ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ބައިވެރިން ދިވެހި ފުލުހުންގެ ހިދުމަތަށް ކުރި ޒިޔާރަތުގައި ވަނީ އިސްކަންދަރު ކޮށީގައި މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި، ފުލުހުންގެ ދައުރަކީ ކޮބައި ކަމާއި ރާއްޖޭގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ފުލުހުންގެ މަސައްކަތްތަކުގައި ބޭނުންކުރާ ހަތިޔާރުތަކާއި ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮތް ގުޅުމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި، މި ސެޝަންގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ފާތިމަތު ނަޝްވާ އާއި ޑިރެކްޓަރ ޖެނެރަލް އޮފް މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯޕްސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު އިޝާން އާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކާނަލް މުހައްމަދު އަޝްރަފް އާއި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯޕްސް ގެ ބައެއް އިސް އޮފިސަރުން ބައިވެރިވެއްލެއްވިއެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި، އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން ކެޑޭޓުން ދިވެހި ފުލުހުންގެ ޚިދުމަތަށް ކުރި ޒިޔާރަތުގައި އިންޑިޔާ، ސްރީލަންކާ ގެ އިތުރުން ނޭޕާލް ހިމެނޭހެން ޖުމްލަ 16 ކެޑޭޓުން ބައިވެރިވެފައިވެއެވެ.