7 ފެބުރުވަރީ 2025

މަޖިލީހުގެ 12 މެމްބަރަކު ޕީއެންސީއަށް މިރޭ ސޮއިކުރައްވާ ކަމުގެ އަޑުތަކެއް!

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ޕީއެންސީއަށް މިރޭ ސޮއިކުރައްވާނެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ވެރިކަމާއި ހަވާލުވުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާ މިރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޖަލްސާގައި ވަރަށް ޚާއްސަވާނެ ކަމަށް އެޕާޓީން މަޢުލޫމާތު ދެއެވެ.

"ފިޔަ އޮންލައިން" އަށް މަޢުލޫމާތު ދެއްވި މެންބަރަކު ވިދާޅުވީ، 12 މެންބަރަކު ޕީއެންސީއަށް ސޮއި ކުރައްވާނެއެވެ. އަދި މިއަދަދު އިތުރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މި ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 10 ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި، ޑިމޮކްރޭޓްސްއާއި ވަކިޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން ޕީއެންސީއަށް ސޮއިކުރައްވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިބޭފުޅުން ޕީއެންސީއަށް ސޮއިކުރުމާއެކު، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ސްޕަރ މެޖޯރިޓީ ގެއްލޭނެއެވެ. އެހެންކަމުން، އެމްޑީޕީއަށް އެކަނި ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރެވޭ ގޮތަށް އޮތްއޮތުންވެސް ނިމުމަކަށް އައިސް، އެމްޑީޕީން ސަރުކާރަށް ދައްކަމުންދިޔަ ބިރުވެސް ކެނޑިގެންދާނެއެވެ.

އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ޕީއެންސީއަށް ސޮއިކުރާ ވާހަކަތައް ފެންމަތިވުމާއެކު، އެމްޑީޕީގެ އާންމު މެމްބަރުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މިއަދު އޮތް ފައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، މަޖިލީހުގައި އޮތް އެމްޑީޕީ މެޖޯރިޓީ ގެެއްލޭނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން އެމްޑީޕީ އަސްލަމް ވެސް ބަދަލުކުރައްވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު