އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަޝްރޫޢުތައް ފަރުމާ ކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް

އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ފަރުމާ ކުރުމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ފަހި ދިރިއުޅުން ކޯޕަރޭޝަންއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި އެކަަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕްރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލެވެ.

މިއަދު ވެވުނު މި އެއްބަސްވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހިންގާ މަޝްރޫޢުތަކަށް ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން ހިމެނެއެވެ. އަދި މަޝްރޫޢުތަކަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަންދިނުމާއި، މަޝްރޫޢުތައް މެނޭޖްކުރުމަށް ކޮންސަލްޓެންސީ ދިނުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

ހަމައެހެންމެ، މިސްކިތްތަކާއި ވަޤުފް ޢިމާރާތްތަކާއި، އެހެނިހެން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ފަރުމާކޮށްދިނުމާއި، މިސްކިތްތަކާއި ވަޤުފް ޢިމާރާތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ޢިމާރާތްކުރުމާއި، ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުމާއި އިތުރު ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި އެއްބަސްވުމުގައި އެއްބަސްވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު