18 ޖަނަވަރީ 2025
ޝެއިޚް ޒައިދު އިސްލާމީ މަރުކަޒުގައި ޙުޠުބާ ވިދާޅުވަނީ، ފައިލް ފޮޓޯ

މެންބަރުންތަކެއް ވަކިވުމަކީ އެމްޑީޕީއަށް ފިލާވަޅެއް: ޒައިދު

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ މެމްބަރުންތަކެއް އެ ޕާޓީން ވަކިވުމަކީ އެމްޑީޕިއަށް ފިލާވަޅެއް ކަމަށް ޝެއިހް އަލީ ޒައީދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޒައިދު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން ރޭގެ ވަގުތެއްގައި އެމްޑީޕީން ވަކިވެ، ވެރިކަން ކުރާ މައިޕާޓީ، ޕީއެންސީއަށް ސޮއި ކުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޒައިދު ވިދާޅުވީ، މަގުބޫލު އުޒުރެއް ނެތި، ޖެއްސުމަށް ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅުމަކީ އެމްޑީޕީން އެޅި ފިޔަވަޅެއް ކަމަށާއި މިއަދު ފެނިގެން ދިޔައީ އެކަމުގެ ނަތީޖާ ކަމަށެވެ.

"މިއީ އެމްޑީޕީއަށް ފިލާވަޅެއް" ޒައިދު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ، ނުހައްގުން މީހަކަށް ގެއްލުމެއް ދޭން މަސައްކަތް ކޮށްފިނަމަ އަބަދު ވެސް އޭގެ ހިތި ނަތީޖާއާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ޕީއެންސީއަށް ރޭ އެމްޑީޕީގެ 13 މެމްބަރަކު ގުޅިވަޑައިގެންފައިވެއެވެ. މި މެމްބަރުން ޕީއެންސީއަށް ސޮއި ކުރައްވާފައިވާއިރު، އެމްޑީޕީން އަންނަނީ އެމެމްބަރުން ޕީއެންސީއަށް ގޮސްފައިވަނީ އެޕާޓީން ރިޝްވަތު ހުށަހަޅައިގެން ކަމަށް ބުނަމުންނެވެ.

ގުޅުންހުރި:

އެމްޑީޕީގެ 13 މެންބަރުން ޕީއެންސީއާ ގުޅިވަޑައިގެންފި

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު