16 ފެބުރުވަރީ 2025

މުހިއްމު ކަންތައްތަކެއް އިސްލާމިކް މިނިސްޓްރީގެ ޖަނަވަރީ މަހުގެ ކަލަންޑަރުގައި

މި ފެށޭ އައު އަހަރުގެ ފުރަތަމަ މަހުގައި، އިސްލާމިކް މިނިސްޓްރީން ކުރަން ރާވާފައިވާ މަސައްކަތްތައް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހިއްސާ ކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ކުރިއަށް ރޭވިފައިވާ ކަންކަން ކަމުގައި ވިދާޅުވެ، ތިރީގައިވާ މަޢުލޫމާތު މިނިސްޓަރު ޝަހީމް ވަނީ މީސްމީޑިއާގައި ހިއްސާ ކުރައްވައިފައެވެ.

އިސްލާމިކް މިނިސްޓްރީގައި ކުރިއަށް ރޭވިފައިވާ ކަންކަން

  • 2024 ޖެނުއަރީ 2: ޒަކާތު ހައުސް އިފްތިތާޙުކުރުން.
  • 2024 ޖެނުއަރީ 3: އިސްލާމީ ދައުވަތުގެ 2024 ވަނަ އަހަރުގެ ޕްލޭން އިފްތިތާޙުކުރުން.
  • 2024 ޖެނުއަރީ 4: އަތޮޅު ވަޤުފު މަޝްރޫޢު އިޢުލާންކުރުން.
  • 2024 ޖެނުއަރީ 5: ރާއްޖެއިން ބޭރަށް ރަސްމީ ދަތުރު.
  • 2024 ޖެނުއަރީ 21 މިނިސްޓްރީގެ 2024 ވަނަ އަހަރު އެކްޓިވިޓީ ޕްލޭން އިފްތިތާޙުކުރުން.
    2024 ޖެނުއަރީ 22؛ ރަމްޟާން މަހުގެ އިޙުޔާ ޕްރޮގްރާމްތައް ގެންދާނެގޮތް މީޑިޔާއާ ޙިއްސާކުރުން.
  • 2024 ޖެނުއަރީ 23: 1445 ރާއްޖެއިން ހައްޖު މީޑިޔާ ކަވަރޭޖް، ރާއްޖެއާއި ސައުދީގައި ކުރިއަށް ގެންދާނެގޮތް މީޑިޔާއާ ޙިއްސާކުރުން.
  • 2024 ޖެނުއަރީ 24: އިސްލާމިކް މިނިސްޓަރ މީޑިއާއާ ބައްދަލުކުރުން ( ޕްރެސް).
  • 2024 ޖެނުއަރީ 25 ؛ އިސްލާމިކް ޓީވީ ޗެނަލް ލޯންޗުކުރުން.

ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން ދިވެހިރާއްޖޭގައި އިސްލާމީ ކަންތައްތައް ހަރުދަނާކޮށް އިސްލާމްދީނާ ގުޅޭ އެކި އެކި ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގަވަމުންދާ ކަން ފާހަގަކުރެވެއެވެ. އަދި ކޮންމެ ދުވަހެއްގައިވެސް އެމަނިކުފާނު ގެންދަވަނީ މި އިސްލާމީ ދިވެހި ޤައުމަށް އެތަކެއް އުފާވެރި ޚަބަރުތަކެއް ދެއްވަމުންނެވެ. އެގޮތުން އިސްލާމީ ޔުނިވާސިޓީގެ ކޯސްތައް މުޅި ރާއްޖެއަށް ފެތުރުއްވުމަށް ފެއްޓެވި މަސައްކަތްތަކާއި، މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް އުފައްދަވައި، އިމާމުން ބިނާ ކުރުމާއި އައު އިމާމުން ދާއިރާއަށް ނެރުމާއި، ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ވަރުގަދަކޮށް ޙައްޖަށް ދެވޭނެ ފަސޭހަ މަގުތައް ތަނަވަސްކޮށްދެއްވުން ފަދަ އެތައް ކަމެއް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކޮށްދެއްވާފައިވާ ކަން ފާހަަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު