ޓްްރިވެންޑްރަމް އިންޓަރނޭޝަނަލް އެއަރޕޯޓުގައި "ސައިލެންޓް އެއަރޕޯޓް" ތަޢާރަފްކުރަން ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި އައިލެންޑް އޭވިޝަނުން ވިދާޅުވީ، ޓްރިވެންޑްރަމް އިންޓަރނޭޝަނަލް އެއަރޕޯޓުގައ،ި 1ޖެނުއަރީ 2024 އިން ފެށިގެން 31 މާރޗް 2024ގެ ނިޔަލަށް، "ސައިލެންޓް އެއަރޕޯޓް" ކުރިއަށް ގެންދާނެ ކަމަށެވެ.
މިގޮތުން ބައެއް އެނައުންސްމަންޓް (މިސާލަކަށް ބޯޑިން އެނައުންސްމަންޓްތައް ފަދަ) ، މުޅިން ހުއްޓާލައި ދަތުރުވެރިންނަށް ހަމަހިމޭން އަރާމު މާހައުލެއް ގާއިމު ކުރެވޭނެ ކަމަށްވެސް އައިލެންޑް އޭވިޝަނުން ވިދާޅުވިއެވެ.
ނަމަވެސް ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޕަބްލިކް އެޑްރެސް (ޕީއޭ) ސިސްޓަމްތަކުގެ ތެރެއިން ކުއްލި ހާލަތާ ގުޅުންހުރި ކޮންމެހެން ބޭނުންވާ މައުލޫމާތުތައް ބްރޯޑްކާސްޓް ކުރަމުން ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ ކުންފުނިން ވިދާޅުވި ގޮތުގައި، ފަސިންޖަރުންނަށް މުހިންމު އަދި ބޯޑިންއާ ގުޅުން ހުރި ހުރިހައި މައުލޫމާތެއ،ް އެއާޕޯޓުގެ އެތެރެއާއި ބޭރުގައިވާ ޚާއްޞަ ތަންތަނުގައި ބަހައްޓައިފައިވާ ސްކްރީންތަކުގެ އެހީގައި ލިބޭނެއެވެ. އަދި ފަސިންޖަރުންނަށް ބޭނުންވާ މުހިންމު އަދާހަމަތައް ، ފަސިންޖަރުން ގެ މޯބައިލް ފޯނަށް ފޮނުވޭނެއެވެ.