އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރުން އެ ޕާޓީ ދޫކޮށް ދާން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ޕީޖީ ގްރޫޕުގެ ނައިބު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސެއިން ޝަހީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ އެމްޑިޕީއަކީ ގައުމު އިސްކޮށްގެން ކަންކަން ކުރާ ޕާޓީއެއްކަމަށެވެ. އެހެންކަމުން އެ 13 މެންބަރުން ޕާޓީ ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
މެމްބަރު ޝަހީމް މިހެން ވިދާޅުވިއިރު، މިދިޔަ ބުރާސްފަތި ދުވަހު ޕީއެންސީން ބޭއްވި ޖަލްސާއެއްގައި އެމްޑީޕީގެ 13 މެންބަރެއް ވަނީ ސޮއިކޮށްފައެވެ.
މީގެއިތުރުން ޝަހީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ ވާހަކަ ސަރުކާރަށް ނިސްބަތްވާ މެންބަރުންތަކެއް ޝަހީމް އާއި ގުޅުއްވައި ބައެއް މެންބަރުންނަށް ރުހުން ނުދިނުމަށްވެސް އެދިފައިވާކަމަށެވެ. އެފަދަ ކަންކަން ގިނައިން ކުރިމަތިވެފައި ހުރިކަމަށާއި އެހެންކަމުން ގާނޫނީ ވާޖިބު އަދާކުރުމަށް ދަތިވާކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ޕީއެންސީއިން ބޭއްވި ޖަލްސާގައި އެޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވަނީ ޤާނޫނާއި ޚިލާފް ވާހަކަތަކެއް ދައްކަވާފައި ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި ރައީސުލަޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް އަރާވަޑައިގެން ދީނާއި ހިލާފް ވާހަކަތަކެއް ދައްކަވާފައިވާކަމަށާއި އެމަނިކުފާނު އިތުރުފުޅު ހައްދަވާފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
އެ ޖަލްސާގައި އެ މެންބަރުން ބައިވެރިވެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެންމެ ބޮޑަށް ދިފާއުކޮށް ވާހަކަ ދެއްކެވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ އިސްކުރީ ގައުމުކަމަށް ވިދާޅުވެފަ އެވެ. ޝަރީފް ވިދާޅުވީ އޭނާ އިސް ކުރީ ގައުމުކަމަށާއި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބު ކުރި ސަރުކާރެއް ގުޑުވާލުމަކީ އޭނާ ގަބޫލު ކުރާ ވިސްނުމެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ތިޔަމީހާއަށްް އެނގޭނެބާ މީހަކު ދީނާ ޚިލާފް ވާހަކައެއް ދެއްކިޔަސް ހެއްދެވި ފަރާތަކަށް ބިރެއް ނެތި އޭތިމީތި ބުއިމާ ގިނަބަޔަކާއެކު ބަރަހަނާވެ ފާޙިޝް ޢަމަލް ހިންގުމުގެ ފޮޓޯތައް މީޑިއާގަ ދައުރުވެފައިވާ މީހަކު ތިޔަފަދަ ވާހަކަ ދެއްކީމަ ގަބޫލުކުރާނީ ކާކުބާ މެމްބަރުންނަކީ އަބަދުވެސް އެމީހުންގެ އަންބޮނޑި ބޮޑުކުރާ ބަޔެއް އޭގެ މީހެއް ތިޔައީވެސް އަންނި ގޭގެއަށްވަދެ ސަލާމް ޖަހައިގެން މެމްބަރކަން ހޯދަ ދިނީމަ ވެތިކަމުގެ ބާރާ ޖާހަށް ހެއްލި އިބޫގެ ފަރާތަށް އެރީ