16 ފެބުރުވަރީ 2025

ވަޒީރުންނަށް ރުހުން ދޭން ޚާއްސަ ޖަލްސާއަކަށް އެމްޑީޕީން ސޮއި ހަމަކުރަނީ

ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބާއްވަން ސޮއި ހަމަކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕީޖީ ގްރޫޕުން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ކެބިނެޓުގައި ހިމެނޭ 22 ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.

އެކަމާ ގުޅިގެން ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އެމްޑީޕީގެ މެންބަރުން ސޮއި ހަމަ ކުރަން، ސޮއި ކުރާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުވެފައެވެ.

ސޮއި ހަމަ ކުރުމަށް ފަހު މަޖިލީހަށް ހުށަހެޅުމުން 14 ދުވަސް ތެރޭގައި ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސަށް ގަވައިދު ލާޒިމް ކުރެއެވެ. ބައެއް މެންބަރުން ވިދާޅުވި ގޮތުގައި އެ އަދަދަށް މަޖިލީހުގެ ގަވައިދުގައި އޮންނަ ގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ތިންބައިިކުޅަ އެއްބައިި މެންބަރުން ސޮއި ކޮށްގެނެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާ ނިންމާލަމުން މަޖިލިސް ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެފައި ވަނީ ކޮމިޓީގެ މަސައްކަތް ނިންމުމަށްފަހު ރުހުން ހޯދަން ދައުރުން ބޭރުން ޚާއްސަ ޖަލްސާއަކަށް މެންބަރުން އެދެފި ނަމަ ވަރަށް އަވަހަށް އެކަން ހަމަޖައްސައި ދޭނެ ކަމަށެވެ.

ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީން ފާސްވި ނަމަވެސް އެ ވޯޓުގައި އެމްޑީޕީގެ މެންބަރުން ނިންމީ ވަކި ގޮތަކަށް ވޯޓު ނުދިނުމެވެ. ރުހުން ދޭން ފާސްވީ ޕީޕީއެމް އާއި ޕީއެންސީ އާއި އެމްއެންޕީ އަދި ޑިމޮކްރެޓްސް ތަމްސީލް ކުރާ މެންބަރުންގެ ވޯޓުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު