މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް އެބަގެންދަވައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ހެނދުނު 0830އިން ފެށިގެން އެފްއާރުއެސްއިން ކުރަމުންދާ ކަމަށެވެ.
ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ދަނީ އައިޖީއެމްއެޗް ކައިރީގައާއި، ދިވެހިރާއްޖޭގެ އަޑު ކައިރީގައާއި، ވެސްޓް ޕާކު ކައިރީގައާއި، މާފަންނު ސްޓޭޑިއަމް ކައިރީގައާއި، ޕޮލިޓެކްނިކް ކައިރީގައާއި، ހުޅުމާލޭ ފެރީ ޓަރމިނަލް ކައިރީގައާއި، ޕޯސްޓް އޮފީސް ކައިރީގައި ފެން ހިންދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.