Wednesday, 19 June 2024

ސްޕާތަކުގައި ފާހިޝް އަމަލުތައް ހިންގުން ހުއްޓުވައި ބައިވެރިވާ މީހުންނާ މެދު ފިޔަވަޅު އަޅާނަން: ސީޕީ

ސްޕާތަކުގެ ނަމުގައި މާލޭގެ ސަރަހައްދުގައި ފާހިޝް އަމަލުތައް ހިންގުން އިތުރުވެފައިވާއިރު އެފަދަ ތަންތަން ދެނެގަނެ ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

އަލަށް ކޮމިޝަނަރުކަމަށް ވަޑައިގެންނެވި ޝުޖާއު މަޤާމާ ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް މިއަދު މީޑިއާތަކާ ބައްދަލު ކުރައްވައި މަސައްކަތާ ގުޅޭގޮތުން، ޝުޖާއު ވިދާޅުވީ ޤާނޫނީ ގޮތުން ފުލުހުންނަށް ގިނަ ޒިންތަކެއް މަތިކޮށްފައިވާއިރު ރައްޔިތުގެ ކަންބޮޑުވުންތައް ގުޅިފައިވާ ކަންކަން މީގެ ކުރިން އަޅާނުލައި ދޫކޮށްލެވިފައި ވެސް އެބަހުރިކަމަށެވެ. އެކަމަކު ކުރިޔަށް އޮތްތަނުގައި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއި ވިދާޅުވީ ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން ސްޕާތަކުގައި ފާހިޝް އަމަލުތައް ހިންގުން ހުއްޓުވާނެކަމަށާއި، އެފަދަ ތަންތަން ދެނެގަތުމަށް މިހާރު ވެސް މަސައްކަތް ފަށައިގަނެފައިވާކަމަށާއި އެފަދަ ވިޔަފާރިތައްކޮށް އިސްކޮށް އުޅޭ މީހުންނާއި މާލީ ގޮތުން މަންފާ ނަގާ މީހުން ހޯދައި ފިޔަވަޅު އަޅާނެކަމަށެވެ.

ހަށިވިއްކާކަމަށް ތުހުމަތު ކުރެވޭ އެކި އެކި ސްޕާތަކާއި، ނުވަތަ ސެލޫންގެ ނަމުގައި އެފަދަ އަމަލުތައް ހިންގާ ތަންތަނުގެ މައްސަލައިގައި އާންމުންގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ. އަދި ފުލުހުން ވެސް ކޯޓު އަމުރުތަކާއި އެކު އެތަނެއްގެ ތެރެ ބަލާ ފަސްކޮށް ދިވެހިން ހިމެނޭ ހެން ވެސް މީހުން ހައްޔަރު ކުރެއެވެ. އެކަމަކު އެކަށީގެންވާ ގޮތެއްގައި އެފަދަ ތަންތަން ފުލުހުން ބަލައި ފާސް ނުކުރާކަމަށް ނުވަތަ ފިޔަވަޅު ނާޅާކަމަށް ގިނަ ބަޔަކު ދެކެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ގޭގެތެރޭގަވެސް އެކަންކުރޭ ގެބަލަން ނަމުގަ ތިބެނީ ނުވަތަ ކުލިނިކުގަ ތިބެނީ ނަމަވެސް ސްޕާގަ ނަމެއްވީމަ ގޯސްމިވަނީ ބުއްދިކޮބައިތޯ ހުރިހާ ސްޕާތަކަކީ އެފަދަ ތަންތަނެއްނޫން

  2. ގޭގެތެރޭގަވެސް އެކަންކުރޭ ގެބަލަން ނަމުގަ ތިބެނީ ނުވަތަ ކުލިނިކުގަ ތިބެނީ ނަމަވެސް ސްޕާގަ ނަމެއްވީމަ ގޯސްމިވަނީ ބުއްދިކޮބައިތޯ ހުރިހާ ސްޕާތަކަކީ އެފަދަ ތަންތަނެއްނޫން

  3. ރާއްޖޭގެ ޑްރަގް ވިޔަފާރި ނައްތާލާފަ އެހެންކަމަކައިގެން އުޅުންމާ މުހިންމު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު