މަސްތުވާތަކެތި އެތެރެކުރާ ޑްރަގް ނެޓްވޯކުތައް ހޯދާ ފިޔަވަޅު އަޅާނަން: ސީޕީ

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ޑްރަގް ނެޓްވޯކުތަކުގެ ބޮޑުންނާއި އެކަމުން ނަފާ ލިބޭ މީހުން ހޯދާ ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމާ ހަވާލުވެވަޑައިގެން މިއަދު ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައި ދެއްވި ބަޔާނުގައި، ޝުޖާއު ވިދާޅުވީ މީގެކުރިންވެސް އެކަންތައްތަކަކާމެދު ކަންބޮޑުވާ ބޮޑެތި މައްސަލަތަކެއް އެބަހުރިކަމަށެވެ.

މަސްތުވާތަކެއްޗާއި ކުށްކުރާ ގްރޫޕްތަކުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ވަށާޖެހޭ ގޮތަށް މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވަމުން، ޝުޖާއު ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ޑްރަގް ނެޓްވޯކުތަކުގެ ބޮޑުންނާއި އެކަމުން ނަފާ ލިބޭ އެންމެން ހޯދުމުގައި ފުލުހުން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވަރަށް ސާބިތުކަމާއެކު ކުރާނެކަމަށެވެ.

ހަމައެހެންމެ، މީހުން ދިރިއުޅޭ ރަށްރަށަށް ބަނގުރާ އެތެރެކުރާ ސަފާރީތައް ހޯދާ އެކަންކަން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ ވާހަކައިގެ އިތުރުން ޝުޖާއު ވިދާޅުވީ ބޭސިކް ޕޮލިސިން ރަނގަޅު ކުރަން ވަރަށް ބޮޑަށް ސަމާލުކަމެއް ދޭނެކަމަށް ސުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭގެ ނަތިޖާއެއްގެ ގޮތުން ފުލުހުން މަގުމަތިން ހިދުމަތްދޭތަން ރައްޔިތުންނަށް ވީހާވެސް ގިނައިން ފެންނާނެކަމަށެވެ.  ޝުޖާއު ވިދާޅުވީ ބޭސިކް ޕޮލިސިން ރަނގަޅުކުރުމުން ފައިމަގުގައި ޕެޓްރޯލްކުރާ ފުލުހުން އިތުރުވާނެކަމަށެވެ.

ބޭސިކް ޕޮލިސިން ރަނގަޅު ކުރުމުން ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ތަހްގީގުކުރެވި އެ މައްސަލަތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް އަވަހަށް އިންސާފު ލިބޭނެކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *