Wednesday, 19 June 2024

"ވިއްސާރައިގައި ލިބޭ ގެއްލުން ކުޑަ ކުރުމަށްޓަކައި ކުރަމުންދާ ބުރަ މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތެއް"

މިހާރު ކުރަމުންދާ ވިއްސާރައިގައި ލިބޭ ގެއްލުން ކުޑަ ކުރުމަށްޓަކައި ކުރަމުންދާ ބުރަ މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތެއް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މާލެ ސިޓީއަށް މެދުކެނޑުމެެއް ނެތި ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ގެއްލުން ލިބުނު ބައެއް ގެތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއާއެކު ޒިޔާރަތް ކުރެއްވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، މާލެ ސިޓީއަށް މެދުކެނޑުމެެއް ނެތި ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ގެއްލުން ލިބުނު ބައެއް ގެތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއާއެކު ޒިޔާރަތް ކޮށް، އެ ގެތަކުގެ މީހުންގެ ޙާލު ބަލާލެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.  

"ކުރަމުން މިދާ ވިއްސާރައިގައި ލިބޭ ގެއްލުން ކުޑަ ކުރުމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކާއި އާންމު ރައްޔިތުން ވަރުބަލިކަމެއް ނެތި ކުރަމުންދާ ބުރަ މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތެއް، ހަލިކަމާ އެކު މި ވިއްސާރަ އަލިވުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި. امين" ނައިބު ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި:

ވިއްސާރައިގެ ގެއްލުންތައް ބައްލަވައިލެއްވުމަށް ރައީސް ގޭގެއަށް!

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު