Thursday, 20 June 2024

ރައީސް އޮފީހުގެ ތަރުޖަމާން ޝަހީބު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މުޙައްމަދު ޝަހީބު އައްޔަން ކުރިތާ ދެ ހަފުތާ ފަހުން، އޭނާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުގައި، ޝަހީބަކީ މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.

ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމަށް ޝަހީބު އައްޔަން ކުރެއްވީ މިދިޔަ މަހުގެ 13 ގައެވެ. ނަމަވެސް، ދެ ހަފުތާ ފަހުން އެ މަގާމުން ވަކިކުރި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސް އޮފީހުގެ ނިއުސް ކޮންފަރެންސްތަކުގައި ޝަހީބު ނޫސްވެރިންނަށް ޖަވާބު ދެއްވާ ގޮތާ މެދު ބައެއް ނޫސްވެރިންގެ ކަންބޮޑުވުންތަކެއް ހުރިކަން އެނގިފައިވެއެވެ.

ޝަހީބު އެމަޤާމަށް އައްޔަން ކުރުމުން ފޮރިން މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރުން މިހާރު ތިއްބެވި އަދަދުވަނީ ފަހަކަށް އަރާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު