މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

ވިއްސާރަ ކުރާ ދުވަސްވަރު މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސަރުކާރުގެ އިދާރާތަކާ ގުޅިގެން އެމް.ޑަބްލިއު.އެސް.ސީން ފަށައިފިއެވެ.

މިކަން ހާމަކުރައްވައި އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވިދާޅުވީ މާލޭގައި ޖުމްލަ 16 ޕަމްޕް ސްޓޭޝަން ގާއިމުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 14 ސްޓޭޝަނެއް ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމާ ގުޅާލާފައިވާ ކަމަށާއި، މިއީ އޮޓޮމެޓިކްކޮށް މަސައްކަތް ކުރާ ސިސްޓަމެއް ކަމަށާއި ކޮންމެ ޕަމްޕް ސްޓޭޝަނަކުން ގަޑިއަކު 400 ކިއުބިކް މީޓަރުގެ ފެން ބޭރުކޮށްދޭ ކަމަށާއި، މުޅި މާލެއިން ޖުމްލަ 5000 އެއްހާ ކިއުބިކް މީޓަރުގެ ފެން ގަޑިއިރެއްގެ ތެރޭގައި ހުރިހާ ސްޓޭޝަނަކުން ބޭރުކޮށްލަދޭ ކަމަށެވެ.

ނަމަވެސް ފެންބޮޑުވަނީ ސްޓޯމް ވޯޓަރ ސިސްޓަމް ގާއިމުކޮށްފައިވާ ގޮތުން ކަން ފާހަގަކުރައްވަމުން، އެ ސިސްޓަމުން ފެން ހިއްކައިދެނީ ވާރޭ ހުއްޓާލާތާ ދެ ގަޑިއިރު ތެރޭގައި ކަމަށާއި ވަގުތުން ވަގުތަށް ފެން ހިއްކާނަމަ ސިސްޓަމުގެ ޑިޒައިނަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކާއެކު ރާއްޖެއަށް ވާރޭ ވެހޭގޮތަށް އައި ބަދަލަކީ ވެސް ފެންބޮޑުވުމަށް ދިމާވާ ސަބަބެއްކަން މަތީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިމައްސަލަތަކަށް ހައްލު ގެނައުމަށް ކުރުމުއްދަތަކަށް އެޅިދާނެ ފިޔަވަޅުތައް ހުރިކަން ފާހަގަކުރައްވައި މަތީން ވިދާޅުވީ އަމީނީ މަގުގައި ޤާއިމުކޮށްފައިވާ 4 ޕަމްޕް ސްޓޭޝަނެއްގެ ކެޕޭސިޓީ ދެގުނަ ކުރުމަށް ނިންމަވާފައިވާ ކަމަށާއި، ކޮންމެ ސްޓޭޝަނެއްގައި ދެ ޕަމްޕް ބަހައްޓައި ފެން ބޭރުކުރާ ގޮތަށް ހެދުމަށް ނިންމާފައިވާ ކަމަށާއި، އޭރުން ގަޑިއަކު 1600 ކިއުބިކް މީޓަރު ފެން ބޭރުކޮށްލެވޭނެ ކަމަށެވެ.

މީގެ އިތުރުން އަމީނީމަގުގެ މަސައްކަތް ނިމޭއިރު ޑްރެއިން ވޯޓަރ ސިސްޓަމަށް ފެން ގުޅާފަ ހުންނަ ގޮތަށް ބަދަލު އަންނާނެކަން ފާހަގަކުރައްވަމުން އަމީނީ މަގު މަސައްކަތް އެއްކޮށް ނިމި ސިސްޓަމް އަޕްގްރޭޑްކޮށް ނިމޭއިރު އިއްޔެ ފެނުނު ފަދަ މަންޒަރު ފެނުން މަދުވާނެ ކަމަށް މަތީން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ،  ފެންބޮޑުވުމުގެ މައްސަލައަށް ޖުމްލަ ހައްލެއް ހޯދާނަމަ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތަށް މުޅި މާލޭގެ ރޯޑް ނެޓްވޯކް ޒަމާނީ ކުރާއިރު މުޅި މާލެއަށް ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ގެންނަން ޖެހޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު