ވަޒީރު ވިދާޅުވަނީ ޒުވާން އިމާމުން ތަމްރީން ކުރުމުގެ މަސައްކަތް ރޯދައިގެ ކުރިން ނިމޭނެ ކަމަށް

ޒުވާން އިމާމުން ތަމްރީން ކުރުމުގެ މަސައްކަތް ރޯދަމަހުގެ ކުރިން ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި އިސްލާމީ ކަންތައްތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޚުތުބާ ކިޔުމުގެ ހުއްދަ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި 100 ޒުވާނުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ފުރުޞަތުގައި ބައިވެރިވި ހުރިހާ ޒުވާނުންނަށް އަންނަ ހަފްތާގައި އިންޓަވިއު ފެށިގެން ދާނެކަމަށެވެ.

މާލެ ސަރަޙައްދުން ބައިވެރިވެފައިވާ ޒުވާނުންގެ އިންޓަވިއު ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ ހާޒިރުކޮށްގެން ކަމަށާއި، ރަށްރަށުން ބައިވެރިވި ޒުވާނުންގެ އިންޓަވިއު ކުރިއަށް ގެންދާނީ އޮންލައިންކޮށް ފާހަގަކުރައްވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ކޮންމެ ބައިވެރިޔަކުވެސް އިންޓަވިއުގައި ޤުރްއާން ކިޔަވަން ޖެހޭނެ ކަމަށެވެ.

ހަމައެހެންމެ، އެ ވުޒާރާގެ އޮންލައިން ވެބްސައިޓުގައި ހިމެނޭ ޚުތުބާއަކުން އެ ބައިވެރިޔަކު ބޭނުންވާ ޚުތުބާއެއް ކިޔުންވެސް ކުރިއަށް ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަރުހަލާތަށް ފުރިހަމަކުރާ ބައިވެރިންނަށް ޚުތުބާ ކިޔުމުގެ ހުއްދަ ދެވިގެންދާނެކަމަށް ވަޒީރު ވިދާޅުވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޚުތުބާ ކިޔުމުގެ ހުއްދަ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވި ޒުވާނުންނަށް ޚާއްސަ ތަމްރީންތަކެއް ދެވޭނެކަމަށާއި، މި ތަމްރީންތަކުގައި މާލެ ސަރަހައްދުން ބައިވެރިވި ޒުވާނުން ޚާޒިރުކޮށް އަދި ރަށްރަށުން ބައިވެރިވި ޒުވާނުންނަށް އޮންލައިންކޮށް ތަމްރީން ކުރިއަށް ގެންދާނެކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ތަމްރީންގެ ދަށުން މޮސްކް މެނޭޖްމަންޓް، ޚުތުބާ ކިއުމުގެ ފަންނު، ޖަނާޒާގެ ކަންކަން، އިމާމުގެ އަޚްލާޤް، މިސްކިތުގެ ދައުރު އަދި ނަމާދުގެ ފިޤުހާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެވޭނެކަމަށެވެ.

ޑރ. މުޙައްމަދު ޝަހީމް އިސްލާމިކް މިނިސްޓްރީއާ އަލުން ހަވާލުވެވަޑައިގެންނެވި ފަހުން އިސްލާމީ ކަންތައްތައް ކުރިއަރުވަން ގެންދަވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު