18 ޖަނަވަރީ 2025

އެމްކިއުއޭގެ ސީއީއޯ އަކަށް ފިޒާނާ އައްޔަން ކުރައްވައިފި

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިތީ (އެމްކިއުއޭ)ގެ ސީއީއޯ އަކަށް, ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ފިޒާނާ ރަޝީދު އައްޔަން ކުރައްވައިފިއެވެ.

ފިޒާނާ އައްޔަނު ކުރެއްވުމުގެ ކުރިން އެ މަގާމުގައި ހުންނެވީ ޑރ. އަބްދުލް ހަންނާނެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ފިޒާނާ އެ މަގާމަށް އައްޔަން ކުރައްވައި އޭނާއަށް މަރުހަބާ ކިޔާފައިވާއިރު، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއެކު އެމްކިއުއޭގެ މުވައްޒަފުންނާ ހިމެނޭހެން ބައްދަލުވުމެއް ބާއްވާފައިވެއެވެ.

ފިޒާނާ އަކީ، އާބަންކޯގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަނޑު އެއްބަފާ ދައްތައެވެ.

ފިޒާނާ ވަނީ އެމްކިއުއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވައި، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީންގެ މަގާމު 2017 އިން 2021 އަށް އަދާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު