Saturday, 15 June 2024

ޓްރާންސްޕޯޓު މިނިސްޓްރީގެ ހިދުމަތްތައް އެއް ޕޯޓަލްއަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

ޓްރާންސްޕޯޓު މިނިސްޓްރީއިން ދެމުންދާ ހުރިހާ ހިދުމަތެއް އެއް ޕޯޓަލްއަކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ، ޓްރާންސްޕޯޓު މިނިސްޓްރީގެ ހިދުމަތްތަކަކީ އޮންލައިންކޮށް ދެވޭ ހިދުމަތްތަކެއްކަން ކަމަށާއި، ތަފާތު ޕޯޓަލްތަކުން އެމަސައްކަތް ކުރަމުންދާތީ ކުރިމަތިވާ އުނދަގޫތަކެއް އެބަހުރިކަމަށެވެ.

މިހާރު ދަނީ އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެއް ޕޯޓަލްއެއް މެދުވެރިކޮށް ހުރިހާ ހިދުމަތެއް ދެވޭނެ އިންތިޒާމްގެ ހިދުމަތް ހަމަޖައްސުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތް 3 މަސް ނުވަތަ 4 މަސްތެރޭ އެއް ޕޯޓަލްއަކުން ހުރިހާ ޚިދުމަތެއް ލިބޭގޮތެއް ހަމަ ޖެއްސުމަކީ އަމާޒުކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީގެ ތަސައްވުރު ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ގިނަ މަސައްކަތަކެއް އެބަހުރިކަމަށާއި، އެގޮތުން އެތެރޭގެ ހިންގުމުގެ ނިޒާމުވެސް ރަނގަޅުކުރެވެން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގެނެވުނު ބަދަލުތަކުގެ ތެރޭގައި އައިޓީ އަދި ޕީއާރު ސެކްޝަނެއް އުފެއްދުން ހިމެނޭކަމަށް ވިދާޅުވިއެވެ. މިނިސްޓްރީގެ އޮޑިޓެއް މިހާރު ފަށާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު