އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް 2 ބޭފުޅަކު ޢައްޔަންކުރައްވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަޤާމަށް 2 ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

އިސްލާމީ ޔުނިވަރސިޓީ އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަޤާމަށް 2 ބޭފުޅަކު ޢައްޔަންކުރައްވާފައިވަނީ އެކަމަށްޓަކައި އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މިރަސްމިއްޔާތުގައި އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބައިވެރިވެވަޑަގެންފައިވެއެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް ޢައްޔަންކުރެއްވި ދެ ބޭފުޅުންނަކީ ޑރ. އައިޝަތު ވަހީދާއާއި، އަޙްމަދު އަމީން މުޙައްމަދެވެ.

ޑރ. އައިޝަތު ވަހީދާ ޢައްޔަންކުރައްވާފައިވަނީ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އޮފް އެކެޑަމިކް އެފެއަރޒްގެ މަޤާމަށެވެ.

އަޙްމަދު އަމީން މުޙައްމަދު ޢައްޔްނަކުރައްވާފައިވަނީ ޑެޕިއުޓީ ވައިސް ޗާންސެލަރ އޮފް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ މަޤާމަށެވެ.

އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، އުންމީދަކީ ޔުނިވަރސިޓީން ކުރާ މަސައްކަތުގައި އިތުރު ހީވާގިކަމާއި އިތުރު ކުރިއެރުމެއް ލިބިގެން ދިއުން ކަމަށެވެ. އަދި އިސްލާމީ ޔުނިވަރސިޓީގައި ކުރިން ހުންނެވި ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ޒަކަރިއްޔާ މޫސާ ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް ޑރ. ޒާހިރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު