މާޗު 1 އިން ފެށިގެން ފުލުހުންގެ މުސާރަ ބޮޑު ވާނެ ކަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށް، އޮފީސް އޮފް ދަ ކޮމިޝަނާގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން މިހެން ވިދާޅުވީ މި މަހު އެ މުއައްސަސާގެ މުސާރަ ބޮޑު ނުވާނެ ކަން އަންގާފައިވާ ކަމަށް ބުނާ ހަބަރަކަށް ރައްދު ދެއްވައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކުރީގެ ރައީސް ޞާލިޙުގެ ދައުރު ނިމެން އެއް ދުވަހަށް ވެފައި ވަނިކޮށް ޕޭ ކޮމިޝަނުން ވަނީ ފުލުހުންނާއި ސިފައިންގެ މުސާރައިގެ އޮނިގަނޑު ފޮނުވައިފަ އެވެ. އަދި ރައީސް އޮފީހުން އޭރު ބުނި ގޮތުގައި ޖެނުއަރީ މަހުން ފެށިގެން އެ ދެ މުއައްސަސާގެ މުސާރަ ބޮޑު ވާނެ އެވެ.
ފިނޭންސް މިނިސްޓަރު ޑރ. ޝަފީގް ވެސް ވަނީ ފުރަތަމަ ކުއާޓާ ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވެފައެވެ.
ފުލުހުންނާއި ސިފައިންގެ އިތުރުން ކަސްޓަމްސް އަދި އިމިގްރޭޝަންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ




ކިޔުންތެރިންގެ ޚިޔާލުތައް:
ތިބައިގަނޑުގެ މުސާރަ ބޮޑުކުރާނެ ކަމެއްނެތް. މިހާރުވެސް އެހާބޮޑު. ނުވިތާކަށް ސަރުކަރުން ހުރިހާ ވަގުތަކު ކާންދީފަ ޢައިލަގެ އެންމެންގެ ބޭސްފަރުވާ ކޮންމެ ތާކުން ކުރިޔަސް ހަމަ ސަރުކަރުން ދިރިއުޅުމުގެ ޚާރަދުތަކުގެ ތެރެއިން ކަރަންތްފީ ފިޔަވައި އެދައްކަން ޖެހޭމީހަކު ޕޮލިހަކުނެތް. އަހަރުން ނިކަމެތި ސިވިލް ސާވަންޓުން ކިއްކުރާނީ