Tuesday, 18 June 2024

ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙްކޮށްފި

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވަޤުފް މަޝްރޫޢުތައް މުޅި ރާއްޖޭގައި ހިންގުމުގެ މަސައްކަތަށް ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙްކޮށްފިއެވެ. ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެވެ. ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫޢު ހިންގާނެ ގޮތުގެ ތަފްސީލްވެސް ވަނީ ހިއްސާ ކުރެވިގެން ގޮސްފައެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ، މި ވުޒާރާގެ ދަށުން ކުރެވޭ ކަންކަން ހަގީގަތަކަށް ހެދުމަށްޓަކައި، އެހެން ވުޒާރާތަކާއި ގުޅިގެން އަބަދުވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މެނިފެސްޓޯގައި ހުރި ކަންކަން ހާސިލް ކުރުމަށްޓައި ވަޒީރު އާދަމް ޝަރީފް ދެއްވާ ލަފާ ބަލައިގަނެ، ބަހައްޓަވާ ގާތްކަން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.
ވަޒީރު ޑރ. ޝަހީމްގެ އިތުރުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނު ވަނީ، މިފަދަ ކަންކަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ފާހަގަކުރައްވާ އެމަނިކުފާނަށް ތަޢުރީފް ކުރައްވައިފައެވެ. މި ފެށިގެންދާ މަޝްރޫޢުއަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު