ލިޔުމެއް ކިޔާލައިގެން ނުވަތަ އަޑު އަހާލައިގެން އިނާމެއް ހޯދުމުގެ ފުރުޞަތު ޕާތުވޭ އެމްވީ ޓެލެގްރާމް ޗެނަލް އިން އަނެއްކާވެސް ހުޅުވާލައިފިއެވެ.
ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ޓެލެގްރާމުގައި ހިންގަމުން އަންނަ ޗެނަލެއް ކަމަށްވާ ޕާތުވޭ އެމްވީ އިން ވަނީ މީގެ ކުރިންވެސް "ނަމާދު" އަދި “ރޯދަ” އާ ބެހޭ ދެ ޕްރޮގްރާމް އާންމުންނާއި ހިސާބަށް ގެނެސްދީފައެވެ. މިފަހަރު "އަޚްލާޤް ސީރީސް”ގެ ނަމުން ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމުގައިވެސް ކުދިބޮޑު އެންމެހާ އާންމުންނަށް ބައިވެރިވެވޭނެކަމުގައި ޗެނަލްއިން މަޢުލޫމާތު ދެއްވައެވެ.
އަޚުލާޤު ސީރީސް ޕްރޮގްރާމް ކުރިއަށްދާނެ ގޮތް:
- ޖަނަވަރީ 5 އިން ފެށިގެން ޖަނަވަރީ 11 އަށް: ކޮންމެ ދުވަހަކުވެސް އަޚުލާޤު ސީރީސްގެ އާޓިކަލްއަކާއި އޭގެ އޯޑިއޯ ޗެނަލްއަށް ލެވޭނެއެވެ.
- ޖަނަވަރީ 12: ފޯރުކޮށްދެވުނު މަޢުލޫމާތުތަކަށް ބިނާކޮށް ސުވާލުތަކެއް ގޫގުލް ފޯމް މެދުވެރިކޮށް ދެވޭނެއެވެ.
- ޖަނަވަރީ 13: އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅުކުރާ 5 ފަރާތަކުންކުރެ ކޮންމެ ފަރާތަކަށްވެސް 500 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ. (5 އަށްވުރެ ގިނަވެއްޖެނަމަ ފައިސާގެ އިނާމު ލިބިލައްވާނީ ގުރުއަތުން ހޮވޭ 5 ފަރާތަކަށެވެ.)
pathwaymv އަކީ މަދިީނާ ޔުނިވަރސިޓީގެ ދިވެހި ދަރިވަރުންކޮޅެއް، ހިންގާ ޓެލެގްރާމް ޗެނަލެެކެވެ. އެ ޗެނަލްއަކީ ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ހެދިފައިވާ ޗެނަލްއެކެވެ. pathwaymv ގެ ލިޔުންތައް ވިދާޅުވާން ބޭނުންފުުޅުވާނަމަ، ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ޅިންކު ތަކައް ނުފިތަން ބުނާއިރު ކިހިނުއް ފިތަން ކެރޭނީ އަޅެ