ވިލިމާލެ މަގުހެދުމުގެ މަޝްރޫއުގެ ސަރވޭ އަދި އީ.އައި.އޭ ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ހަވާލުކޮށްފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތް ހަވާލުކޮށްފައިވަނީ 1،794،990.78 ރުފިޔާއަށް ކަމަށާއި، އަދި 120 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ވިލިމާލެ މަގުހެދުމުގެ މަޝްރޫއުގެ ސަރވޭ އަދި އީ.އައި.އޭ ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ހަވާލުކޮށްފިއެވެ. 1،794،990.78 ރުފިޔާ އަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. pic.twitter.com/nrwPtRQ9bY
— Ministry of Construction and Infrastructure (@MoCImv) January 4, 2024
އިއްޔެ ވިލިމާލޭގައި ބޭއްވި އިވެންޓެއްގައި ވާހަކަދައްކަވަމުން ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ވިލިމާލެ ތަރައްޤީކުރާނެގޮތް ސިޓީ ކައުންސިލާ ގުޅިގެން ކުރާނެކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވާގޮތައް ވިލިމާލެ ތަރައްގީ ކުރެވިއްޖެނަމަ އެކަމުން ރައްޔިތުނަށް ފައިދާ ކުރާނެކަމަށް މުއްޠަލިބް ފާހަގަކުރެއްވިއެވެ. މުއްޠަލިބް ވިދާޅުވީ ވިލިމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މަގުތައް ޒަމަނީ ފެންވަރަށް ތަރައްގީކުރުމުގެ ކުރިން ކުރަން ޖެހޭ ސަރވޭތައް މިހާރު ކުރެވެމުން ދާކަމަށެވެ.
މުސްތަގްބަލުގައި ވިލިމާލެ ތަރައްގީވަމުންދާއިރު އެތަން ވެގެންދާނީ އަސާސީ ހުރިހާ ޚިދުމަތެއް ފުރިހަމަވެފައިވާތަނަކަށް ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިހާރު މަސައްކަތް މިކުރަނީ ހުރިހާ މިނިސްޓްރީތަކެއް ގުޅިގެން އިތުރަށް އަޕްގްރޭޑް ކުރަންޖެހޭ މަސައްކަތްތައް ކުރުން. މަގުތައް ހަދާނެ ގޮތުގެ ތަފްސީލުތައް ސިޓީ ކައުންސިލާ ގުޅިގެން އަދި ރަށު ރައްޔިތުންނާވެސް ވާހަހަކަ ދައްކައިގެން" މުއްޠަލިބް ވިދާޅުވިއެވެ.