އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ އަރަބިއްޔާއަށް ފުރާ ވަޑައިގެންފި

ސަޢޫދީ ޢަރަބިއްޔާގެ ހައްޖު މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާގެ ދައުވަތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ސަޢޫދީ އަރަބިއްޔާއަށް ފުރާ ވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެމަނިކުފާނުގެ މިދަތުރުފުޅުގައި ހައްޖު އެންޑް ޢުމްރާ ކޮންފަރެންސް ގައި ބައިވެރިވުމަށާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި ދެމެދު (ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓް) ގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ޑރ. ޝަހީމް އިސްލާމީ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެ ކަމަށާއި، އަދި ކޮންފަރެންސްގެ ހަވާސާގައި އިސްލާމީ ބައެއް ޤައުމުތަކުގެ އިސްލާމީ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އިސްލާމިކް މިނިސްޓްރީގެ ދާއިރާގެ ކަންކަމުގައި އެފަރާތްތަކުގެ ފަންނީ އަދި މާލީ އެއްބާރުލުންހޯދުމާ މެދު މަޝްވަރާކުރައްވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން، ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާތީވެ އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރާނެ ކަމަށްވެސް ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު